އެމްޕީއެލްގެ ދަށުން މެނޭޖް ކުރަމުންދާ ރީޖަނަލް ޕޯޓްތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ނިންމައިފިއެވެ.

އެމްޕީއެލްގެ ދަށުން މިވަގުތު ހިންގާ ދެ ޕޯޓަކީ ހިތަދޫ ރީޖަނަލް ޕޯޓާއި ކުޅުދުއްފުށީ ރީޖަނަލް ޕޯޓެވެ.



އެމްޕީއެލްގެ ދަށުން މެނޭޖް ކުރަމުންދާ ރީޖަނަލް ޕޯޓްތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ނިއްމާފައިވަނީ އަންނަ މަހުން ފެށިގެންނެވެ. މުސާރަ ބޮޑުކުރުމުގެ އިތުރުން އެމްޕީއެލްގެ ސްޓްރަކްޗަރަށް ބަދަލުތަކެއް ގެންނަން ވަނީ ނިއްމާފައެވެ.

އެމްޕީއެލުން ބުނީ ކުންފުނީގެ ބޯޑު މެމްބަރުން ކުންފުނީގެ ދަށުން މެނޭޖް ކުރަމުން އަންނަ ހިތަދޫ ރީޖަނަލް ޕޯޓުގެ މުވައްޒަފުންނާއި ބައްދަލުކޮށް އަލަށް ފާސްކުރެވުނު ޕޮލިސީތަކާއި، މުވައްޒަފުންގެ ކުރިއެރުމަށް ގެނެވުނު ބަދަލުތަކާއި ބެހޭ ގޮތުން މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ. ހިތަދޫ ޕޯޓުގައި ބޭއްވި ބޯޑު މީޓިންގ ތަކުގައި ވަނީ ގިނަ ޕޮލިސީތަކެއް ފާސްކޮށް ރީޖަނަލް ޕޯޓުތަކުގެ އޯރގަނައިޒޭޝަނަލް ސްޓްރަކްޗަރަށް ގެންނަ ބަދަލުތަކާއި ބެހޭގޮތުން މުވައްޒަފުންނަށް މައުލޫމާތު ދީފައެވެ.

ރީޖަނަލް ޕޯޓުތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް އެމްޕީއެލްގެ ބޯޑުން މިހާރު ވަނީ ފާސްކޮށްފައެވެ. އެގޮތުން އަންނަ މަހުގެ މުސާރައާއި އެކު މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށް މި ބަދަލުތައް އަންނާނެ ކަމަށް އެމްޕީއެލުން މައުލޫމާތުދެއެވެ. އަދި މުވައްޒަފުންނަށް މަގާމުގެ ކުރިއެރުންވެސް ލިބިގެންދާނެ ކަމަށް އެމްޕީއެލުން ވަނީ ބުނެފައެވެ.

މީގެއިތުރުން ފުރިހަމަ ރިޓަޔަރމަންޓް ޕޮލިސީއެއް އެކުލަވާލާފައިވާއިރު 65 އަހަރު ވުމުން ރިޓަޔާ ކުރުމުން، މާލީ އެހީ ދޭ ޕޮލިސީ، ކޯޑް އޮފް ކޮންޑަކްޓާއި އިތުރު ޕޮލިސީތައް ފާސްކޮށްފައިވާ ކަމަށް އެމްޕީއެލުން ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު