ސަރުކާރުގެ ވިސްނުމަކީ އަމިއްލަ ސިކުނޑީގައި އީޖާދީ ވިސްނުންތަކެއް އުފެއްދޭ ވަރުގެ އިލްމީ ގާބިލް ދަރިންތަކެއް އުފެއްދުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިޙު މިރޭ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ، ސްކޫލުގެ ރަންޔޫބީލް ފާހަގަކުރުމަށް މިރޭ އެރަށު ސުކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިޙު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ޒަމާނީ އިލްމްގެ އަލީގައި މީހުން ބިނާ ކުރުމަށް ކަމަށެވެ. އެގޮތުން އެމީހެއްގެ މުޖުތަމައު ތަރައްގީ ކުރުމާއި މެދު އަމިއްލަ ސިކުނޑީގައި އީޖާދީ ވިސްނުންތަކެއް އުފެއްދޭ ވަރުގެ އިލްމީ ގާބިލް ދަރިންތަކެއް އުފެއްދުމަކީ ސަރުކާރުގެ ވިސްނުން ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.
"ހިލޭ ޑިގްރީ ޕްރޮގުރާމެއް ފެށީ ހަމަ އެ ބޭނުމުގައި ރާއްޖެ އިން ބޭރުން ކިޔެވުމުގެ ފުރުސަތުތައް އިތުރުކުރީ ވެސް ހަމަ އެބޭނުމުގައި." ރައީސް ސާލިޙު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ސާލިޙު ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ އެއްވެސް ކުއްޖަކު ބާކީނުކޮށް ހުރިހާ ކުދިންނަށް ކިޔަވައިދީ ހުނަރުވެރި ފަންނުވެރި އަދި ބިނާކުރަނިވި ޖީލެއް އުފެއްދުން ކަމަށެެވެ. އަދި މުޖުތަމައުގެ ބަދަހިކަން ދަމަހައްޓައި ލާމެހިގެން އުޅެން ލޯބި ކުރާ ޒުވާނުންތަކެއް އުފެއްދުމަކީ ސަރުކާރުގެ އަމާޒު ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.
އެމަނިކުފާނު، އިތުރަށް ވިދާޅުވީ ސުކޫލުތަކުގެ އުމްރާނީ ތަރައްގީ އަށްޓަކައި ސަރުކާރުން ރާވާފައިވާ 203 މަޝްރޫއެއް ތަފާތު އެކި މަރުހަލާތަކުގައި މިހާރު ވެސް ކުރިއަށްދާ ކަމަށެވެ.
"އޭގެތެރޭގައި ބައެއް ރަށްރަށުގެ ސުކޫލުތަކާއި ކުލާސް ރޫމްތައް އެބަ އިތުރުކުރެވޭ. ބައެއް ސުކޫލުތަކުގައި ސައިންސް ލެބޯޓަރީތައް އެބަ ގާއިމްކުރަން އަދި ބައެއް ސުކޫލުތަކުގައި މަލްޓިޕާޕަސް ހޯލްތައް ބިނާކުރުމުގެ މަސައްކަތް ވެސް އެބަ ކުރިއަށްދޭ." ރައީސް ސާލިޙު ވިދާޅުވިއެވެެ.

ކިޔުންތެރިންގެ ހިޔާލު