ކުނި ވަކިކުރުމުގެ މަސައްކަތް އަދި ރަނގަޅުކުރެވޭނެ ކަމަށް މިނިސްޓަރ އޮފް އެންވަޔަރަމެންޓް، ކްލައިމެންޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޝައުނާ މިހެން ވިދާޅުވެފައި މިވަނީ މާލެ ސަރަހައްދުގައި އުފެދޭ ކުނި ބައިކޮށްގެން ގޭގެއިން ނެރުމުގެ މަސައްކަތް ފެށުމާއި ގުޅިގެން ޢާއްމު ރައްޔިތުން ތަފާތު ޝުޢޫރުތައް ފާޅުކުރަމުން ގެންދާ ދަނޑިވަޅެއްގައެވެ. ހުޅުމާލޭ ފޭސް އެކަކާއި މާލޭގައި ކުނި ވަކިކޮށްގެން ނެރުމުގައި އާންމުން އަމަލު ކުރާ ގޮތް ދައްކުވައިދިނުމަށް ވެމްކޯއިން ތައްޔާރު ކޮށްފައިވާ ޗާޓެއް އާންމު ކުރަށްވަމުން މިނިސްޓަރ ވިދާޅުވެފައިވަނީ އެ މަސައްކަތް އަދިވެސް ރަނގަޅުކުރެވޭނެ ކަމަށެވެ.
މިނިސްޓަރ ޢާއްމުކުރެއްވި "ހީޓްމެޕް" ގައި އެންމެރަނގަޅަށް ކުނި ވަކި ކުރާ ގޭބިސީތަކާއި ކޮންމެސް މިންވަރަކަށް ކުނި ވަކިކުރާ ގޭބިސީތަކާއި އެއްގޮތަކަށްވެސް ކުނި ބައިނުކުރާ ގޭބިސީތައް ފާހަގަ ކޮށްފައިވެ އެވެ.
"މިއީ އެންމެ 2 ހަފްތާގެ ނަތީޖާ. އަދި ރަނގަޅުކުރެވޭނެ." މިނިސްޓަރ ވިދާޅުވިއެވެ.
މާލެ ސަރަހައްދުގެ ގޭބީސީތަކުން އުކާލާ ކުނި، ބައިބަޔަށް ވަކިކޮށްގެން އުކާލުމުގެ މަސައްކަތް ފަށާފައިވަނީ މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. އެގޮތުން ކުނި ވަކިކޮށްފައި ހުންނަންޖެހޭނީ ކުނިވާ ޒާތުގެ ކުންޏާއި، ޕްލާސްޓިކް ފުޅި އަދި އެހެނިހެން ހުރިހާ ބާވަތެއްގެ ކުނި ވަކިކޮށްފައެވެ.
މިއުސޫލުގެ ދަށުން ވެމްކޯގެ ކުނި އުކާލުމުގެ ޚިދުމަތަށް ރަޖިސްޓްރީ ކޮށްފައިވާ ގޭބީސީތަކާއި ވިޔަފާރިތަކާއި އަމިއްލައަށް ސައިޓަށް އައިސް ކުނި އުކާލާ މީހުންވެސް އެގޮތަށް އަމަލުކުރުމަށް ވަނީ އަންގާފައެވެ.

މާލެ އާއި ހުޅުމާލޭގައި ބައިކޮށްގެން ކުނި ނެރޭ މިންވަރު މި ހީޓް މެޕިުން އެބަ އެނގޭ. ގިނަ ގެބިސީތަކުން ވަރަށް ފުރިހަމައަށް އަދި ކޮންމެވެސް މިންވަރަކަށް ކުނި ބައިކުރޭ. މިއީ އެންމެ 2 ހަފްތާގެ ނަތީޖާ. އަދި ރަނގަޅުކުރެވޭނެ.
— Shauna Aminath 🎈❓ (@anuahsa) June 17, 2022
🟢 ވަރަށް ރަނގަޅު
🟡 ކޮންމެވެސް މިންވަރަކަށް
🔴 ބައިނުކުރޭ pic.twitter.com/cBcOWPUpp0
މާލެ ސަރަހައްދުގެ ގޭބީސީތަކުން އުކާލާ ކުނި، ބައިބަޔަށް ވަކިކޮށްގެން އުކާލުމުގެ މަސައްކަތް ފަށާފައިވަނީ މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. އެގޮތުން ކުނި ވަކިކޮށްފައި ހުންނަންޖެހޭނީ ކުނިވާ ޒާތުގެ ކުންޏާއި، ޕްލާސްޓިކް ފުޅި އަދި އެހެނިހެން ހުރިހާ ބާވަތެއްގެ ކުނި ވަކިކޮށްފައެވެ.
މިއުސޫލުގެ ދަށުން ވެމްކޯގެ ކުނި އުކާލުމުގެ ޚިދުމަތަށް ރަޖިސްޓްރީ ކޮށްފައިވާ ގޭބީސީތަކާއި ވިޔަފާރިތަކާއި އަމިއްލައަށް ސައިޓަށް އައިސް ކުނި އުކާލާ މީހުންވެސް އެގޮތަށް އަމަލުކުރުމަށް ވަނީ އަންގާފައެވެ.
ކިޔުންތެރިންގެ ހިޔާލު