ވަގަށް ނަގާފައިވާކަމަށް ބެލެވޭ ބުރުމާތަކެއްގެ ވެރިފަރާތް ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.
ފުލުހުން ބުނީ އެ ބުރުމާތަކަކީ ހުޅުމާލެ ޕޮލިސް ސްޓޭޝަނުން ޖޫން 8 ވަނަ ދުވަހު ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ބުރުމާތަކެއްކަމަށެވެ. އަދި އޭނާގެ އަތުން ތިން ބުރުމާގެ އިތުރުން ކަޓް އޮފް އަކާއި ގްރޭންޑަރެއްވެސް ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ވަނީ އެތަކެތީގެ ވެރިފަރާތުން އެތަކެތި ލިބިގަތުމަށް ފުލުހުންގެ އިދާރާއާއި ގުޅުމަށް އެދިފައެވެ.
ފުލުހުން މީގެ ދުވަސްކޮޅެއްކުރިން ވަނީ ވަގަށް ނަގާފައިވާކަމަށް ބެލެވޭ ވަކި ލާރި ކޮތަޅަކާއި މަގުމަތިން ހޮވި މުސަޅު ޖޯޑެއްގެ ވެރި ފަރާތް ހޯދަންވެސް އިއުލާންކޮށްފައެވެ. ނަމަވެސް އެ ތަކެތީގެ ވެރި ފަރާތް ފެނުނުކަމެއް ޔަގީނެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު