ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް، މުހައްމަދު ނަޝީދު ސްރީލަންކާއަށް ކުރައްވާ ދަތުރުފުޅެއްގައި ފުރާވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ ރައީސް ނަޝީދު ސްރީލަންކާއަށް ކުރައްވާ މިދަތުރުފުޅަކީ ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއްކަމަށެވެ. ނަމަވެސް ދަތުރުފުޅުގެ އިތުރު ތަފްސީލެއް ހަމައެއް ނުކުރެއެވެ.



ސްރީލަންކާއަށް މިހާރު ކުރިމަތިވެފައިވާ އިގުތިސާދީ ކާރިސާއާ ގުޅިގެން އެގައުމަށް ބޭރުގެ އެހީ ހޯދައިދިނުމަށް މެދުވެރިއެއްގެ ދައުރު އަދާކޮށްދެއްވުމަށާއި އެހީ ހޯދުމުގެ ކަންކަން ވިލަރެސް ކުރުމަށް އެގައުމުގެ ބޮޑުވަޒީރު ވަނީ ރައީސް ނަޝީދާއި ހަވާލުކުރައްވާފައެވެ.

ނަމަވެސް އެމަސައްކަތުން އެއްވެސް އެހީއެއް ލިބުނުކަން އަދި ޔަގީނެއް ނުވެއެވެ. ލަންކާގެ އިދިކޮޅު ފަރާތްތަކުން ބުނަނީ ރައީސް ނަޝީދުގެ މަސައްކަތްޕުޅުން މިހާތަނަށް އެއްވެސް އެހީއެއް ލިބިފައި ނުވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު