ފ. ދަރަނބޫދޫގައި ބިދޭސީންތަކެއް ދިރިއުޅެން ބައިތިއްބާފައިވަނީ މިހާރު މިސްކިތެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަ އިމާރާތެއްގައި ނޫން ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ފ. ދަރަނބޫދޫ މިސްކިތެއްގައި ބީދޭސީންތަކެއް "ދިރިއުޅެމުން" އަންނަ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެެވެ. އެކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީ އަށާއި އެރަށު ކައުންސިލަށް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެެވެ.
މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދަރަނބޫދޫގައި އަލަށް އިމާރާތް ކުރި މިސްކިތް 2017 ވަނަ އަހަރު ބޭނުންކުރަން ފެށުމާއެކު، ކުރިން އެ ރަށުގައި ބޭނުންކުރި މިސްކިތް ބަންދުކޮށްފައިވާ ކަމަށެވެ. އަދި އެ މިސްކިތުގައި ނަމާދު ނުކުރާތީ މިސްކިތުގައި ގުރުއާން ކްލާހެއް ހިންގަން އެ ރަށު ކައުންސިލުން އެދުމާއެކު އެކަން ކުރުމަށް އެ މިސްކިތް ކައުންސިލާއި ހަވާލުކޮށްފައިވާ ކަމަށް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ޝޯޝަލް މީޑިޔާގައި މިއަދު އާންމުވި ވީޑިއޯއިން ފެންނަގޮތުގައި މިހާރު ބަންދުކޮށްފައިވާ މިސްކިތުގެ ތެރޭގައި ގޮދަޑި އަޅައިގެން ނިދާ ތަނާއި އެ މީހުންގެ އަންނައުނު މިސްކިތުގެ އެތެރެއާއި ބޭރުގައި އެލުވާފައިވާ ތަން ފެންނަން ހުރެއެވެ. އަދި ތުވާލި އަނދެގެން ބަޔަކު އުޅޭ ތަނާއި ބިދޭސީންގެ މަސައްކަތްތަކަށް ބޭނުން ކުރާ ގިނަ އަދަދެއްގެ ތަކެތި މިސްކިތުގެ ގޯތިތެރޭގައާއި ފެންޑާގައި ވެސް ބަހައްޓާފައިވާތަން އެ ވީޑިއޯއިން ފެނެއެެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ފ. ދަރަނބޫދޫގައި ކުރިން މިސްކިތެއްގެ ގޮތުގައި ބޭނުންކުރި އިމާރާތާ ގުޅޭ. pic.twitter.com/johNl8NYa5
— Ministry of Islamic Affairs (@MVIaffairs) June 18, 2022
ޝޯޝަލް މީޑިޔާގައި މިއަދު އާންމުވި ވީޑިއޯއިން ފެންނަގޮތުގައި މިހާރު ބަންދުކޮށްފައިވާ މިސްކިތުގެ ތެރޭގައި ގޮދަޑި އަޅައިގެން ނިދާ ތަނާއި އެ މީހުންގެ އަންނައުނު މިސްކިތުގެ އެތެރެއާއި ބޭރުގައި އެލުވާފައިވާ ތަން ފެންނަން ހުރެއެވެ. އަދި ތުވާލި އަނދެގެން ބަޔަކު އުޅޭ ތަނާއި ބިދޭސީންގެ މަސައްކަތްތަކަށް ބޭނުން ކުރާ ގިނަ އަދަދެއްގެ ތަކެތި މިސްކިތުގެ ގޯތިތެރޭގައާއި ފެންޑާގައި ވެސް ބަހައްޓާފައިވާތަން އެ ވީޑިއޯއިން ފެނެއެެވެ.
ކިޔުންތެރިންގެ ހިޔާލު