ފ. ދަރަނބޫދޫގައި ބިދޭސީންތަކެއް ދިރިއުޅޭ ކުރިން މިސްކިތެއްގެ ގޮތުގައި ބޭނުންކުރި އިމާރާތެެއްގެ ވީޑިއޯ އާންމުކުރީ ސިޔާސީ ބޭނުމަކަށް ކަމަށް އެ ރަށު ކައުންސިލްގެ ނާއިބް ރައީސް އާދަމް ހަލީމް މިރޭ ވިދާޅުވެއްޖެއެވެ.
ފ. ދަރަނބޫދޫ މިސްކިތެއްގައި ބީދޭސީންތަކެއް "ދިރިއުޅެމުން" އަންނަ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެެވެ. އެކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީ އަށާއި އެރަށު ކައުންސިލަށް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެެވެ.
ރަސްއޮންލައިން އަށް މައުލޫމާތު ދެއްވަމުން ދަރަނބޫދޫ ކައުންސިލްގެ ނާއިބް ރައީސް އާދަމް ހަލީމް ވިދާޅުވީ، ކުރިން މިސްކިތެެއްގެ ގޮތުގައި ބޭނުންކުރި އެ އިމާރަތަކީ މިހާރު ރަށަށް މަސައްކަތު އަންނަ ބިދޭސީން ބައިތިއްބާ ތަނެއް ކަމަށާއި، މިދިޔަ ދެ އަހަރު ދުވަހު ބިދޭސީން އެތަނުގައި ދިރިއުޅެމުންދިޔަ ކަމަށެވެ.
އެކަމާއި ގުޅިގެން ކައުންސިލަށް ރައްޔިތުންގެ ފަރާތުން އެއްވެސް ޝަކުވާއެއް ލިބިފައިނުވާ ކަމަށް ހަލީމް ވިދާޅުވިއެވެެ. ހަލީމް ވިދާޅުވީ މިހާރު ބަންދުކޮށް ނަމާދު ނުކުރާ މިސްކިތެއްގައި ބިދޭސީން ދިރިއުޅޭ ކަމަށް ބުނެ ވީޑިއޯ އާންމުކޮށް އެ މައްސަލަ ސިޔާސީ ކުރީ އެތަން އިންޑިޔާގެ ކުންފުންޏަކަށް ދިނުމުން ކަމަށެވެ. އެތަން އިންޑިޔާގެ ކުންފުންޏަކަށް ދޫކުރީ މީގެ ދެމަސް ދުވަސް ކުރިންކަމަށް އޭނާ ވިދާޅުވިއެވެ.
"މިހާރު އެ އިމާރަތް އިންޑިޔާގެ އެސްއެމްސީ ކުންފުންޏަށް ދީފައި އޮންނަތާ އަދި ނުވާނެ ދެމަސް ދުވަސް، ކުރީގައި މިރަށު ބަނދަރުގެ މަސައްކަތް އެމްޓީސީސީން ކުރިއިރު އެބޭފުޅުންނަށް ވެސް ދެ އަހަރު ދުވަސް ވަންދެން އެތަން ދީގެން އަޅުގަނޑުމެން ބޭނުންކުރިން، އެއީ ސިޔާސީ ގޮތުން ހަގީގަތް ނުބަލާ ދައްކާފައި ހުރި ވާހަކަތަކެެއް." ކައުންސިލްގެ ނާއިބް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ދަރަނބޫދޫ ކައުންސިލްގެ ނާއިބް ރައީސް ވިދާޅުވީ ޝޯޝަލް މީޑިޔާގައި އާންމުކުރި ފަރާތުން ވީޑިއޯގައި ވަރަށް ބޮޑަށް ކަންކަން އޮޅުވާލައި ހަގީގަތާއި ޚިލާފު ވާހަކަތަކެއް ދައްކާފައިވާ ކަމަށެވެ. އެގޮތުން އެ ވީޑިއޯގައި އެ މިސްކިތުގައި 200 މީހުން ތިބި ކަމަށް ބުނި ނަމަވެސް އެތާގައި ތިބޭނީ އެންމެ 23 މީހުން ކަމަށް ހަލީމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެކަމާ ގުޅިގެން ކަން ހިގައިދިޔަ ގޮތާއި ގުޅޭގޮތުން ކައުންސިލުން ބަޔާނެއް ނެރޭނެ ކަމަށެެވެ.
މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދަރަނބޫދޫގައި އަލަށް އިމާރާތް ކުރި މިސްކިތް 2017 ވަނަ އަހަރު ބޭނުންކުރަން ފެށުމާއެކު، ކުރިން އެ ރަށުގައި ބޭނުންކުރި މިސްކިތް ބަންދުކޮށްފައިވާ ކަމަށެވެ. އަދި އެ މިސްކިތުގައި ނަމާދު ނުކުރާތީ މިސްކިތުގައި ގުރުއާން ކްލާހެއް ހިންގަން އެ ރަށު ކައުންސިލުން އެދުމާއެކު އެކަން ކުރުމަށް އެ މިސްކިތް ކައުންސިލާއި ހަވާލުކޮށްފައިވާ ކަމަށް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ޝޯޝަލް މީޑިޔާގައި މިއަދު އާންމުވި ވީޑިއޯއިން ފެންނަގޮތުގައި މިހާރު ބަންދުކޮށްފައިވާ މިސްކިތުގެ ތެރޭގައި ގޮދަޑި އަޅައިގެން ނިދާ ތަނާއި އެ މީހުންގެ އަންނައުނު މިސްކިތުގެ އެތެރެއާއި ބޭރުގައި އެލުވާފައިވާ ތަން ފެންނަން ހުރެއެވެ.

ކިޔުންތެރިންގެ ހިޔާލު