ސިނަމާލެ ބްރިޖަށް އަރަން އޮންނަ ސަރަހައްދުގެ ލައިޓްކައިރިން އެމްޓީސީސީގެ ބަހަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ދެންމެ ބުނީ ބްރިޖުގެ ލައިޓް ކައިރީގައި އެމްޓީސީސީގެ ބަހަކުން ސައިކަލެއްގައި ޖެހި އެކްސިޑެންޓުވެފައިވާ ކަމުގެ މައުލޫމާތު މިއަދު 15:14 ހާއިރު ލިބިފައިވާކަމަށެވެ.
މި އެކްސިޑެންޓުގައި ސައިކަލުން ވެއްޓުމުގެ ސަބަބުން 54 އަހަރުގެ އަންހެނެއްގެ ފައިގެ ހަން މަށައިގެން ގޮސްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އެ މައްސަލަ އާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު