ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން ދަނީ ބަނގުރޫޓުވުމާ ދިމާއަށް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ކެންދޫ ދާއިރާގެ މެމްބަރު ޢަލީ ޙުސެއިން ވިދާޅުވެއްޖެއެވެ.
ޢަލީ މިއަދު ވިދާޅުވީ، ރާއްޖޭގެ އެންމެ ބޮޑު އެއް ސިނާއަތް ކަމުގައިވާ ފަތުރުވެރި ކަމުގެ ފައިދާ މޯލްޑިވިއަނަށް ނުނެގެނީ ހިންގުމުގައި ބޮޑެތި ސީރިއަސް މައްސަލަ ތަކެއް ހުރީމަ ކަމަށެވެ. އަދި ގައުމީ އެއާލައިން މި ދަނީ ބަނގުރޫޓުވުމާ ދިމާލަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަލީ ހުސެއިން މިފަދައިން ވިދާޅުވެފައިވަނީ، މޯލްޑިވިއަން ހިންގާ އައިލޭންޑް އޭވިއޭޝަނަށް މިދިޔަ އަހަރުވީ ގެއްލުން 159 މިލިއަން ރުފިޔާއަށް އަރައިފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދެއްކުމާ ގުޅިގެނެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މޯލްޑިވިއަންއަށް މިދިޔަ އަހަރުގެ ދެވަނަ ކުއާޓާގައި 99 މިލިއަން ރުފިޔާ ގެއްލުން ވެފައިވެއެވެ. މިދިޔަ އަހަރު އެ ކުންފުންޏަށް ލިބިފައިވަނީ 1.2 ބިލިއަން ރުފިޔާގެ އާމްދަނީއެކެވެ.

ކިޔުންތެރިންގެ ހިޔާލު