ސަރުކާރުގެ ވިސްނުމަކީ، ރަށްރަށުގެ ވަޒީފާ ތަކަށް އެރަށެއްގެ ޒުވާނުން ހަމަޖެއްސުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިޙު މިރޭ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ހޮޅުދޫ މޭނާ ސްކޫލަށް 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އެ ސްކޫލްގައި ބޭއްވި އަލިމަސް ޔޫބީލް ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ. މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސާލިޙު ވިދާޅުވީ ސަރުކާރުން އަސާސީ ޚިދުމަތްތައް ތަރައްޤީކުރުމަށް މިހާރު ހިންގާ މަޝްރޫޢުތައް ނިމެމުން ދާވަރަކަށް، ރަށްރަށުގައި ފަންނީ އެތައް ވަޒީފާއެއް އުފެދިގެންދާނެ ކަމަށެވެ. އެގޮތުން ސަރުކާރު ވިސްނުމަކީ، އެފަދަ ކޮންމެ ވަޒީފާއަކަށް، އެރަށެއްގެ ތަޢުލީމީ ދިވެހި ޒުވާނެއް ހަމަޖެހިގެން ދިއުން ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.
"އަޅުގަނޑުގެ ވިސްނުމަކީ، އެފަދަ ކޮންމެ ވަޒީފާއަކަށް، އެރަށެއްގެ ތަޢުލީމީ ދިވެހި ޒުވާނެއް ހަމަޖެހިގެން ދިއުން. އަޅުގަނޑުމެން މިއެދޭ ޙަޤީޤީ ތަރައްޤީ ރަށްރަށަށް ލިބެން ފަށާނީ އޭރުން." ރައީސް ސާލިޙު ވިދާޅުވިއެެވެ.
ރައީސް ވިދާޅުވީ ޢުމްރާނީ ތަރައްޤީގެ އިތުރުން، ތަޢުލީމް ޙާޞިލްކުރުމަށް ވެސް، މުޅި ރާއްޖެއަށް ވަރަށް ފަހި ފުރުޞަތުތަކެއް ސަރުކާރުން މިހާރު ހަމަޖައްސައިދީފައިިވާ ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ އަތޮޅުތަކެއްގައި، ތަޢުލީމީ ދާއިރާގެ ޢުމްރާނީ ތަރައްޤީއަށް ގިނަ މަޝްރޫޢުތަކެއް މިހާރުވެސް ހިނގަމުންދާ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.
"ކްލާސް ރޫމްތައް އިތުރުކުރުމާއި، މަލްޓިޕާޕަސް ހޯލްތައް ބިނާކުރުމާއި، ސައެންސް ލެބޯޓެރީތަކާއި އޮފީސް ޢިމާރާތްތައް ހެދުމުގެ މަސައްކަތްވެސް އެކި ސްކޫލްތަކުގައި މިހާރުވެސް ކުރިއަށް އެބަދޭ. އެ މަޝްރޫޢުތައް ނިމުމުން، ސްކޫލްތަކުގައި ހުރި ޖާގައިގެ ދަތިކަމަށް ވަރަށް ބޮޑު ޙައްލެއް އިރާދަކުރެއްވިއްޔާ، ލިބިގެންދާނެ." ރައީސް ސާލިޙު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު