އައްޑޫ ސިޓީގެހިތަދޫ އަވަށުގައި ކާނާ ވިއްކާ އުޅަނދުތައް ބެހެއްޓުން މަނާ ސަރަޙައްދުތައް ކަނޑައަޅައިފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން މި ސަރަހައްދުތައް ކަނޑައަޅާފައިވަނީ އާންމު މައިދާންތަކާއި ކާނާ ވިއްކާ ތަންތަނާއި ތަކެއްޗާއި އުޅަނދުތަކުން ވިޔަފާރި ކުރުމުގެ ސަރަޙައްދުތައް ކަނޑައެޅުމާއި ގުޅޭ އުސޫލުގައެވެ.
އައްޑޫ ސިޓީ ކައުންސިލުން މިކަމާއި ގުޅިގެން ނެރުނު އިއުލާންގައި ބުނީ ހިތަދޫ އަވަށުގައި ކާނާ ވިއްކާ އުޅަނދުތައް ކަނޑައެޅިފައިވާ ސަރަޙައްދުތައް ފިޔަވައި އެހެން ސަރަޙައްދު ތަކުގައި ބެހެއްޓޭނެކަމަށެވެ. އަދި އެގޮތަށް ނިންމީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 39 މާއްދާގެ (ބ) ގެ ދަށުން ބާރު ލިބިގެން، އާންމު މައިދާންތަކާއި ކާނާ ވިއްކާ ތަންތަނާއި ތަކެއްޗާއި އުޅަނދުތަކުން ވިޔަފާރި ކުރުމުގެ ހުއްދަ ދިނުމުގެ އުސޫލުގެ 5 ވަނަ މާއްދާގެ (ށ) އަށް ރިއާޔަތްކޮށްކަމަށެވެ.
ހިތަދޫ އަވަށުގައި ކާނާ ވިއްކާ އުޅަނދުތައް ބެހެއްޓުން މަނާ ސަރަޙައްދުތައް:
- އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭ.އީ.އެޗް) ވަށައިގެންވާ ސަރަޙައްދު.
- ހިތަދޫ އަވަށުގެ މިސްކިތްތަކުގެ ކުރިމަތި.
- ހިތަދޫ އަވަށުގައި ޤާއިމްކުރެވިފައިވާ ދައުލަތުގެ މުއައްސަސާ އަދި ސްކޫލްތަކުގެ ކުރިމަތި.
- ހިތަދޫ އަވަށުގެ ގާޑިޔާ ވިޔަފާރި ކުރަމަށް ކަނޑައެޅި އަދި މިހާރުވެސް ހުއްދަ ދެވިފައިވާ ސަރަޙައްދުތައް.
- ހިތަދޫ އަވަށުގެ ސައިހޮޓާ، ކެފޭ އަދި ރެސްޓޯރަންޓް ކުރިމަތިން.
- ޝަމްސުއްދީން ބޮޑު ފަނޑިޔާރު ތަކުރުފާނު މަގުގެ 60 ބޯޑު ޖަހާފައިވާ ބާރަށް ދުއްވާ ސަރަހައްދު.
- ހިތަދޫ އަވަށުގެ މަގުތަކާއި ދުވާރުމަތީގައި.
އައްޑޫ ސިޓީ ކައުންސިލުން ބުނީ މަތީގައި ކާނާ ވިއްކާ އުޅަނދުތައް ބެހެއްޓުން މަނާ ސަރަޙައްދުތައް ކަނޑައެޅިފައިވީ ނަމަވެސް ޚާއްސަ ހާލަތްތަކުގައި ކައުންސިލްގެ ވަގުތީ ހުއްދަ އާއިއެކު ކާނާ ވިއްކާ އުޅަނދުތައް ބަހައްޓައިގެން ވިޔަފާރި ކުރެވޭނެކަމަށެވެ.
އައްޑޫސިޓީ ކައުންސިލުން މީގެ ކުރީން ވަނީ ގާޑިޔާ ވިޔަފާރިވެސް ކައުންސިލުގެ ހުއްދައާއި ނުލާއި ނުކުރެވޭނެ ކަމަށް ކަނޑައަޅާފައެވެ. އަދި ގާޑިޔާ ވިޔަފާރި ވަކި ސަރަހައްދެއްގައި ކުރުމަށް ނިންމައި، ގާޑިޔާތައް ރަޖިސްޓްރީކުރުމަށް އޭރު ކައުންސިލުން އެންގިއެވެ.

ކިޔުންތެރިންގެ ހިޔާލު