ފާއިތުވި މަސްތަކަކީ ހޮލީވުޑްގެ މަޝްހޫރު ތަރި ޖޮނީ ޑެޕްގެ ގިނަ ހަބަރިުތަކެއް މީޑިއާތަކުން އަޑުއިވިގެންދިޔަ މަސްތަކަކެވެ. ހާއްސަގޮތެއްގައި އޭނާގެ ކުރީގެ އަނބިމީހާ އެމްބަރ ހާޑްއާ ދެކޮޅަށް ހުށަހެޅި އަބުރުނަގާލުމުގެ ދައުވާގެ އަޑުއެހުންތައް ގިނަ ބައެއްގެ ސަމާލުކަމަށް ވަނީ އައިސްފައެވެ. އެ މައްސަލަ އެންމެފަހުން ގިނަ ބަޔަކު ބޭނުންވި ގޮތަށް ނިމުނީ ޖޮނީ ޑެޕްއާ އެއްކޮޅަށެވެ. މައްސަލަ ނިމިގެންދިޔައިރު، ޖޮނީ ޑެޕް ގެވެށި އަނިޔާކުރިކަމަށް ބުނެ އެމްބަރ ހާޑް ހެދީ ދޮގުކަން ފަޅާއަރައި، ޑެޕްއަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 15 މިލިއަން ޑޮލަރު ދޭން ކޯޓުން ހުކުމްކުރިއެވެ.
ޖޮނީ ޑެޕްއާ ގުޅޭގޮތުން އެމްބަރ ހާޑް ހެދި ދޮގުތަކުގެ ސަބަބުން ޑެޕްއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ހަގީގަތުގައިވެސް ކުރިމަތިވެފައެވެ. ގިނަ ބަޔަކަށް އޭނާގެ އެކްޓިންގ އެންމެ ބޮޑަށް ކަމުދިޔަ ޑިޒްނީގެ ޕައިރެޓްސް އޮފް ދަ ކެރީބިއަން ފްރެންޗައިޒްގެ ފިލްމުތަކުން އޭނާއަށް ޖާގަ ގެއްލުނެވެ. ހަގީގަތުގައި ގިނަ ބަޔަކަށް ޖޮނީ ޑެޕް މަޝްހޫރުވެފައިވަނީވެސް ޕައިރެޓްސް އޮފް ދަ ކެރީބިއަންގެ ފިލްމުތަކުގައި އޭނާ ކުޅެފައިވާ ކެޕްޓަން ޖެކް ސްޕެރޯގެ ރޯލުންނެވެ.
ނަމަވެސް އެމްބަރ ހާޑް ހެދި ދޮގުތަކުގެ ސަބަބުން ޖޮނީގެ އަބުރު ގެއްލި، ޑިޒްނީން ވަނީ ޕައިރެޓްސް އޮފް ދަ ކެރީބިއަން ފްރެންޗައިޒުން އޭނާ ބޭރުކޮށްލާފައެވެ. އަދި އޭގެ ބަދަލުގައި ކެޕްޓަން ޖެކް ސްޕެރޯގެ ރޯލަށް އެހެން މީހަކުވެސް ވަނީ ހަމަޖައްސާފައެވެ.
މިކަން މިހެން އޮތްވާ މިހާރު އިވެމުންދާ އަޑުތަކާއި ޕައިރެޓްސް އޮފް ދަ ކެރީބިއަން ފްރެންޗައިޒަށް ޖޮނީ ޑެޕް އެނބުރި އަތުވެދާނެކަމުގެ އަޑުތަކެވެ. އެގޮތުން ޑިޒްނީއަށް އެނބުރި އަންނަން ޖޮނީ ޑެޕްއަށް 301 މިލިއަން ޑޮލަރުގެ ހުށަހެޅުމެއް ޑިޒްނީން ހުށަހަޅާފައިވާކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ.
މި ހަބަރުތަކުގައި 301 މިލިއަން ޑޮލަރުގެ ހުށަހެޅުމެއްކަމަށް ބުނެފައިވާއިރު، ކޯޓުގައި މައްސަލަ ކުރިއަށްދިޔައިރު ޖޮނީ ޑެޕް ބުނެފައި ވަނީ 300 މިލިއަން ޑޮލަރު ދިނަސް ޑިޒްނީއަށް އެނބުރި ނުދާނެކަމަށެވެ. އެހެންކަމުން 300 މިލިއަން ޑޮލަރުގެ ބަދަލުގައި 301 މިލިއަން ޑޮލަރުގެ ވާހަކަ ގެނައުމުން މި ހަބަރު ވަނީ ވަރަށް ބޮޑަށް ވައިގައި ހިފާފައެވެ.
ނަމަވެސް މިހަބަރުގެ ސައްހަކަން އެއްވެސް މީޑިއާއަކަށް ކަށަވަރެއް ނުކުރެވެއެވެ. އެހެންކަމުން ޖޮނީ ޑެޕްގެ ސަޕޯޓަރުން މިކަމުގައި މާ އަވަހަށް އުފާ ފާޅުކުރުން ބުއްދިވެރިނޫންކަމަށް ހޮލީވުޑްގެ ކަންކަން ދިރާސާކުރާ މީހުން ބުނެއެވެ. 301 މިލިއަން ޑޮލަރުގެ ހުށަހެޅުމާއި ގުޅޭ ވާހަކަތަކާއި ގުޅޭގޮތުން ޑިޒްނީންވެސް އެއްޗެކޭ ނުބުނެއެވެ. ނަމަވެސް ޑިޒްނީގެ އިސް މަގާމްތަކެއް ކުރިން އަދާކުރި މީހަކު ބުނީ ޕައިރެޓްސް އޮފް ދަ ކެރީބިއަން ފްރެންޗައިޒަށް ޖޮނީ ޑެޕް އެނބުރި އައުން ވަރަށް ގާތްކަމަށެވެ.
ކޮންމެ އަކަސް އެނގޭ ހަގީގަތަކީ ޕައިރެޓްސް އޮފް ދަ ކެރީބިއަންގެ ފިލްމެއްގައި ޖޮނީ ޑެޕް ނުފެންނަނަމަ އެ ފިލްމަކަށް މާބޮޑު ތަރުހީބެއް ނުލިބޭނެކަމެވެ. އެއީ ޕައިރެޓްސް އޮފް ދަ ކެރީބިއަންގައި މައިގަނޑު ރޯލަކީ އޭގައި އުޅޭ ޕައިރެޓެއްކަމަށްވާ،.ކެޕްޓަން ޖެކް ސްޕެރޯއެވެ. އަދި ކެޕްޓަން ޖެކް ސްޕެރޯގެ ރޯލުން ޖޮނީ ޑެޕް ނޫން މީހަކު އެ ފިލްމުގެ ސަޕޯޓަރުން ބަލައެއް ނުގަންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު