ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު މައްޗަށް ދިއުމާއި ގުޅިގެން ހަރަދު ކުޑަކުރަން ފިޔަވަޅުތަކެއް އަޅަން ސަރުކާރުން ނިންމައިފިއެވެ.
މި ނިންމުން ނިންމައި، ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ސޮއި ކުރައްވާ މިއަދު ނެރެފައިވާ މާލިއްޔަތާބެހޭ ސާކިއުލާއެއްގައި ބުނެފައިވަނީ، މިހާރު ކުރިއަށްދާ ރަޝިއާ ޔޫކްރޭން ހަނގުރާމައާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލާއި ތަކެތީގެ އަގު ބޮޑުވުވުމުގެ ސަބަބުން، އާ މުވައްޒަފުން ނުނަގައި އަދި މުސާރަ ބޮޑުވާ ގޮތަށް ޕޮރޮމޯޝަން ވެސް ދިނުން ހުއްޓާލާ ގިނަ ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށެވެ.
އަދި ދައުލަތުގެ ހަރަދުތައް ދަނީ ކުރިން އަދާޒާކުރި މިންވަރަށް މާ ބޮޑަށް އިތުރުވަމުން ކަމަށާއި އޭގެ ސަބަބުން ދައުލަތަށް ލިބޭނެ އާމްދަނީ އާއި ކުރަން ޖެހޭ ހަރަދު ދިމާނުވެ، އިތުރު ގޮންޖެހުންތައް ކުރިމަތިވެދާނެ ކަމަށް ލަފާކުރެވޭކަމަށް ވެސް ބުނެފައިވެއެވެ.
އެހެންކަމުން، މި ދަނޑިވަޅުގައި ބަޖެޓަށް ބުރަވާފަދަ ކަންކަން ނުކުރުމަކީ އެންމެ ރަނގަޅުގޮތް ކަމަށް ފިނޭންސްގެ ސާކިއުލާގައި ވެއެވެ. ހަރަދު ކުޑަކުރަން ނިންމީ ޖުމްލަ ހަތް ދާއިރާގެ ތެރޭގައި ހިމެނެނީ؛
1. މުވައްޒަފުންނަށް ހިނގާ ހަރަދުތަކުގެ ތެރޭގައި ދައުލަތުގެ ބަޖެޓުން އެއްވެސް އާ މަގާމެއް އަދި އާ އެލަވެންސް ދިނުން ފަދަ ކަމެއް ނުކުރުމާއި މުސާރައިގެ އޮނިގަނޑަށް ބަދަލު ނުގެނައުން އަދި ރަސްމީ ގަޑީގައި އޮފީހުގެ މަސައްކަތްތައް ނިންމޭނެ ގޮތަކަށް މަސައްކަތްތައް ރޭވުމާއި ރަސްމީ ގަޑީގެ ބޭރުން ކޮންމެހެން ކުރަންޖެހޭ މަސައްކަތް ކުރަން މެނުވީ އިތުރުގަޑީގެ މަސައްކަތް ނުކުރުން،
2. ރާއްޖެއިން ބޭރަށް ކުރާ ރަސްމީ ދަތުރުތަކުގެ ތެރެއިން ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ނޫން ދަތުރުތައް ނުކުރުން. ސްޓަޑީ ޓުއާ އާއި ޓްރޭނިން ދަތުރުތައް ހުއްޓާލުން އަދި ޑޮމެސްޓިކް ދަތުރުތައް ކުރުމަށް ކުރިއާލާ ފިނޭސްގެ ހުއްދަ ހޯދުން،
3. އޮފީސް ހިންގުމުގެ ބޭނުމަށް 5،000ރ. އަށް ވުރެ އަގު ބޮޑު ތަކެތި ގަންނަން ފިނޭންސްގެ ހުއްދަ ހޯދުން،
4. އޮފީސް ހިންގަން ބޭނުންވާ ހިދުމަތްތަކުގެ ތެރެއިން އާ ހިދުމަތެއް ތާއާރަފްކުރާ ނަމަ، 5،000ރ. އަށް ވުރެ އިތުރަށް ހަދަރުކުރަން ޖެހޭ ނަމަ ފިނޭންސްގެ ހުއްދަ ހޯދުން،
5. ތަމްރީންތަކަށް ކުރާ ހަރަދުތަކުގެ ތެރެއިން މި ވަގުތަށް އާ ސްކޮލަޝިޕްތައް ނުދިނުމާއި ތަމްރީން ޕްރޮގްރާމްތަކުގެ ތެރެއިން 5،000ރ. އަށް ވުރެ އިތުރަށް ހިނގާ ޕްރޮގްރާމްތަކަށް މިނިސްޓްރީގެ ހުއްދަ ހޯދުން،
6. މަރާމާތުކުރުމާއި ބެލެހެއްޓުމުގެ ހަރަދުތަކުގެ ތެރެއިން، ކޮންމެހެން ކުރަން ޖެހޭ މަރާމާތެއް ނޫން މަސައްކަތް ނުކުރުން އަދި އެކަމަށް 5،000ރ. އަށް ވުރެ ބޮޑު ހަރަދެއް ދާ ނަމަ، ފިނޭންސްގެ ހުއްދަ ހޯދުން،
7. ޕީއެސްއައިޕީގައި ހިމެނޭ ކެޕިޓަލް ހަރަދުތަކުގެ ތެރެއިން، 5،000ރ.އަށް ވުރެ ބޮޑު ހަރަދެއް ނަމަ، ފިނޭންސްގެ ހުއްދަ ހޯދުން،
މި ފިޔަވަޅުތަކަށް އަމަލު ކުރުމަށް ލޯކަލް ކައުންސިލްތައް ނޫން ސަރުކާރުގެ އެހެން ހުރިހާ އިދާރާއަކަށް ފިނޭންސުންވަނީ އަންގާފައެވެ. ނަމަވެސް، ކައުންސިލްތަކުންވެސް އެ ކައުންސިލްތަކަށް ސަރުކާރުން ދޭ ބްލޮކް ގްރާންޓް އަދި އަމިއްލަ އާމްދަނީ ވެސް ހަރަދު ކުރުމުގައި ފިނޭންސުން ބުނެފައިވާ ކަންކަމަށް ރިޔާއަތް ކުރުމަށް އެ މިނިސްޓްރީންވަނީ އެދިފައެވެ.
މިއީ ތަކެތީގެ އަގު ބޮޑު ވުމުގެ ސަބަބުން ހަރަދު ކުޑަކުރުމަށް ރަސްމީކޮށް ސަރުކާރުން ފިޔަވަޅުތަކެއް އެޅި ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު