ރާއްޖޭގެ ދަރަންޏާ ގުޅޭގޮތުން އިދިކޮޅުން ދައްކާ ވާހަކަތަކުގެ ސީރިއަސްކަން މިދަނީ ސާބިތުވަމުން ކަމަށް ޕީއެންސީގެ ނާއިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލެމުން ދާތީ ފުރަތަމަ ފަހަރަށް ސަރުކާރުން ހަރަދު ކުޑަ ކުރުމުގެ ފިޔަވަޅުތަކެއް އެޅުމަށް މިއަދު އިއުލާނު ކުރުމާއި ގުޅިގެން އާދަމް ޝަރީފް ވިދާޅުވީ، އިދިކޮޅުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ އަދި ދައްކާ ވާހަކަތަކަކީ ސީރިއަސް ވާހަކަތަކެއްކަން މިދަނީ ސާބިތުވަމުން ކަމަށެވެ. އަދި ގައުމު އެއްކޮށް ބަނގުރޫޓު ވުމުގެ ކުރިން ފިޔަވަޅުތައް ހަރުދަނާ ކުރަން ޝަރީފް ވަނީ ގޮވާލައްވާފައެވެ.
"ސަރުކާރުން ބޭނުންވާ ގޮތަށް ރަބަރު ސްޓޭމްޕްޖަހާ މަޖިލީހުން ގަބޫލު ނުކުރިއަސް، އޮޕޮޒިޝަނުން މަޖިލީހަށް ހުށަހަޅާ އަދި ދައްކާ ވާހަކަތަކަކީ ސީރިއަސް މައްސަލަތަކެއްކަން މިދަނީ ސާބިތުވަމުން. ގައުމު އެއްކޮށް ބަނގުރޫޓު ވުމުގެ ކުރިން ފިޔަވަޅުތައް ހަރުދަނާ ކުރޭ." އާދަމް ޝަރީފު ވިދާޅުވެފައިވެއެވެ.
ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ސޮއި ކުރައްވާ މިއަދު ނެރެފައިވާ މާލިއްޔަތާބެހޭ ސާކިއުލާއެއްގައި ބުނެފައިވަނީ، މިހާރު ކުރިއަށްދާ ރަޝިއާ ޔޫކްރޭން ހަނގުރާމައާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލާއި ތަކެތީގެ އަގު ބޮޑުވުވުމުގެ ސަބަބުން، އާ މުވައްޒަފުން ނުނަގައި އަދި މުސާރަ ބޮޑުވާ ގޮތަށް ޕޮރޮމޯޝަން ވެސް ދިނުން ހުއްޓާލާ ގިނަ ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށެވެ. އަދި ދައުލަތުގެ ހަރަދުތައް ދަނީ ކުރިން އަދާޒާކުރި މިންވަރަށް ވުރެ މާ ބޮޑަށް އިތުރުވަމުން ކަމަށާއި އޭގެ ސަބަބުން ދައުލަތަށް ލިބޭނެ އާމްދަނީ އާއި ކުރަން ޖެހޭ ހަރަދު ދިމާނުވެ، އިތުރު ގޮންޖެހުންތައް ކުރިމަތިވެދާނެ ކަމަށް ވެސް ލަފާކުރެވޭކަމަށް ބުނެފައިވެއެވެ.
އެހެންކަމުން، މި ދަނޑިވަޅުގައި ބަޖެޓަށް ބުރަވާފަދަ ކަންކަން ނުކުރުމަކީ އެންމެ ރަނގަޅުގޮތް ކަމަށް ފިނޭންސްގެ ސާކިއުލާގައި ވެއެވެ. އެގޮތުން ޖުމުލަ 7 ދާއިރާއަކުން ފިޔަވަޅުތައް އެޅުމަށް، ކައުންސިލްތައް ފިޔަވާ އެނޫން ސަރުކާރުގެ ހުރިހާ އިދާރާއަކަށް ވަނީ އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު