ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ގައްޔޫމަށް ރިޔާސީ ދެވަނަ ދައުރެއް ކަށަވަރުކޮށްދޭން ތައްޔާރަށް ހުންނެވި ކަމަށް މި ސަރުކާރުގެ ފުރަތަމަ ކޮމިއުނިކޭޝަން މިނިސްޓަރު މުޙައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.
މަލީހު މިއަދު ވިދާޅުވީ، ވެރިކަންކުރާ އެމްޑީޕީއާއި ވަތަނީ ފިކުރުގެ ދުޝްމަނުން ކިތަންމެ ނޭދުނަސް މުޅި ފިޔާތޮށި ލަޝްކަރުގެ ހަކަތަ އެއްތަން ކުރެވިގެންދާނީ ރައީސް ޔާމީނަށް ރިޔާސީ ދެވަނަ ދައުރެއް ކަށަވަރުކޮށް ދިނުމަށްޓަކައި ކަމަށެވެ. އަދި އެކަމަށް ވާންޖެހޭ ކޮންމެ ގުރުބާނީއެއް ވުމަށް ހުންނެވީ ތައްޔާރަށް ކަމަށާއި އެކަމުގައި ބުންވަރު ހުސްނުވާނެ ކަމަށް މަލީހް ވިދާޅުވިއެވެ.
މަލީހު މިފަދައިން ރައީސް ޔާމީނަށް ތައުރީފު ކުރައްވާފައި މިވަނީ ޕީޕީއެމް ކައުންސިލަށް މެންބަރުން ހޮވުމަށް ރޭ ބޭއްވި އިންތިހާބުގައި އެ ކައުންސިލަށް މަލީހް ވެސް ހޮވިވަޑައިގެންފައި ވަނިކޮށެވެ. މަލީހަކީ ކުރިން ވެސް ޕީޕީއެމްގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އެގޮތުން އޭނާ ވަނީ ޔާމީންގެ ވެރިކަމުގައި ޔޫތް މިނިސްޓަރުކަން ވެސް ކުރައްވާފައެވެ. އަދި ފަހުން ޔާމީންގެ ސަރުކާރާއި ދެކޮޅަށް ނުކުންނަވާ، މި ސަރުކާރުގެ މިނިސްޓަރުކަން ވެސް އޭނާ އަދާކުރެއްވިއެވެ.
ނަމަވެސް، އޭނާގެ މައްޗަށް ރައްޔިތުން މަޖިލީހުގެ އިތުބާރު ނެތްކަމަށް ފާސްކޮށް މަގާމުން ބޭރުކުރުމުން އަނެއްކާވެސް މިހާރު އުޅުއްވަނީ ޕީޕީއެމްގެ ހަރަކާތްތަކުގައި ރައީސް ޔާމީންގެ އަރިހުގައެވެ. އަދި އޭގެ ފަހުން މަލީހު ގެންދަވަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

އެމްޑީޕީއާއި ވަތަނީ ފިކުރުގެ ދުޝްމަނުން ކިތަންމެ ނޭދުނަސް މުޅި ފިޔާތޮށި ލަޝްކަރުގެ ހަކަތަ އެއްތަން ކުރެވިގެންދާނީ ރައީސް ޔާމީނަށް ރިޔާސީ ދެވަނަ ދައުރެއް ކަށަވަރުކޮށް ދިނުމަށްޓަކައި.އެކަމަށް ވާންޖެހޭ ކޮންމެ ޤުރުބާނީއެއް ވުމަށް އަޅުގަނޑުމެން މިތިބީ ތައްޔާރަށް.ބުންވަރު ހުސްނުވާނެ pic.twitter.com/WpdKtBEThO
— Mohamed Maleeh Jamal (@maleehjamal) June 19, 2022
މަލީހު މިފަދައިން ރައީސް ޔާމީނަށް ތައުރީފު ކުރައްވާފައި މިވަނީ ޕީޕީއެމް ކައުންސިލަށް މެންބަރުން ހޮވުމަށް ރޭ ބޭއްވި އިންތިހާބުގައި އެ ކައުންސިލަށް މަލީހް ވެސް ހޮވިވަޑައިގެންފައި ވަނިކޮށެވެ. މަލީހަކީ ކުރިން ވެސް ޕީޕީއެމްގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އެގޮތުން އޭނާ ވަނީ ޔާމީންގެ ވެރިކަމުގައި ޔޫތް މިނިސްޓަރުކަން ވެސް ކުރައްވާފައެވެ. އަދި ފަހުން ޔާމީންގެ ސަރުކާރާއި ދެކޮޅަށް ނުކުންނަވާ، މި ސަރުކާރުގެ މިނިސްޓަރުކަން ވެސް އޭނާ އަދާކުރެއްވިއެވެ.
ނަމަވެސް، އޭނާގެ މައްޗަށް ރައްޔިތުން މަޖިލީހުގެ އިތުބާރު ނެތްކަމަށް ފާސްކޮށް މަގާމުން ބޭރުކުރުމުން އަނެއްކާވެސް މިހާރު އުޅުއްވަނީ ޕީޕީއެމްގެ ހަރަކާތްތަކުގައި ރައީސް ޔާމީންގެ އަރިހުގައެވެ. އަދި އޭގެ ފަހުން މަލީހު ގެންދަވަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު