ފިތުނަ ފަސާދަ އުފައްދައިގެން ގައުމުގެ ވެރިކަމަށް އައުމަށް ކުރާ މަސައްކަތް ހުއްޓާލަން އަދާލާތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ ނާއިބް ރައީސް ޑރ. މުހައްމަދު އިޔާޒް ގޮވާލައްވައިފިއެވެ.

ޑރ. އިޔާޒް މިކަމަށް ގޮވައިލެއްވީ، ވެެރިކަން ހޯދުމުގެ ބޭނުމުގައި ސިޔާސީ ބައެއް ބޭފުޅުން ފިތުނަ ފަސާދަ އުފައްދާ ކަމަށް ވިދާޅުވެ އެކަމަށް އިޝާރަތް ކުރައްވަމުންނެެވެ. މަޝްހޫރު ދީނީ އިލްމްވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވީ ގައުމުގެ ‏ވެރިކަން ވައްޓާލާ އަދި ތިމާމެން ވެރިކަމާއި ޙަވާލުވެވެން އޮތް ވަސީލަތަކީ ފިތުނަފަސާދަ އުފެއްދުން ކަމުގައި ހަދައިފި ބަޔަކަށް ދުވަހަކުވެސް ކާމިޔާބެއް ނުލިބޭނެ ކަމަށެވެ.



"ކުޅަދާނަކަމެއް ހުރިނަމަ ރަޢްޔިތުންނަށް ފައިދާވާކަހަލަ ޕްރޮޕޯސަލެއް ހިފައިގެން ނިކުންނަވާ. ފިތުނަ އުފެއްދުން ހުއްޓާލައްވާ." ރައްޔިތުންނަށް ފައިދާ ހުރި މެނިފެސްޓޯ އާއި ސިޔާސަތުތަކެއް ހާމަކޮށް ކެމްޕޭން ކޮށްގެން ވެެރިކަން ހޯދުމާއި ރައްޔިތުންގެ ތާއިދު ހޯދުމަށް ގޮވާލައްވައި ޑރ.އިޔާޒް ވިދާޅުވިއެވެެ.

ޑރ.އިޔާޒް މިހެން ވިދާޅުވެފައިވާއިރު މިސްކިތްތަކުގެ ދަފްތަރުން އުނިކޮށްފައިވާ ފ. ދަރަނބޫދޫގެ ކުރީގެ މިސްކިތް އިމާރާތެއްގައި ބިދޭސީން އުޅޭ ކަމަށް ބުނެ ބަޔަކު އާންމުކުރި ވީޑިއޯ އަކީ ކަމުގެ ހަގީގަތް އޮޅުވާލައި ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދަ އުފައްދަން ކުރި ކަމެއް ކަަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

މާލޭގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒުގެ އިތުރުން އިދިކޮޅު ޕީޕިއެމްގެ އިސް ބައެއް ބޭފުޅުން ވަނީ އެ ވީޑިއޯ އާންމުކޮށް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެ ވީޑިއޯ އާއި ގުޅިގެން ޑރ.އިޔާޒް މީގެ ކުރިން ވިދާޅުވީ ‏މިސްކިތަކީ ޙުރުމަތްތެރިވެގެންވާ ތަނެއް ކަމަށާއި، އެއްވެސް ގޮތަކުން މިސްކިތުގެ ޙުރުމަތް ކެނޑޭފަދަ ކަމެއް ބަޔަކު ކުރާނަމަ އެކަން ހުއްޓުވެން އޮތްގޮތަކަށް ހުއްޓުވަންޖެހޭ ކަމަށެވެ.

އެކަމާ ގުޅިގެން ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވުމާއި ގުޅިގެން ދަރަނބޫދޫގެ ކުރީގެ މިސްކިތް އިމާރާތުގައި މީހުން ދިރިއުޅެން ކުއްޔަށް ދޫނުކުރަން އެ ކައުންސިލުން މިއަދު ވަނީ ނިންމާފައެވެ. ދަރަނބޫދޫގެ "ދާރުލްއުލޫމް" މިސްކިތުގައި 2017 ވަނަ އަހަރުން ފެށިގެން ނަމާދުކުރުން ހުއްޓާލައި، މިސްކިތްތަކުގެ ދަފްތަރުން ވެސް ވަނީ އުނިކޮށްފަ އެވެ.

އެކަމާ ގުޅިގެން ދަރަނބޫދޫ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިސްކިތްތަކުގެ ދަފްތަރުން އެ ތަން އުނިކުރުމަށް ފަހު، އެ އިމާރާތް އެކި ކަންކަމަށް ބޭނުންކޮށްފައިވާ ކަމަށެވެ. މެއި، 2020 ވަނަ އަހަރުން ފެށިގެން އެ އިމާރާތް ކުއްޔަށް ދޫކުރަމުންދާ ކަމަށް ވެސް ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވެެެއެވެެ.

މިސްކިތެއްގައި ބިދޭސީން ދިރިއުޅޭ ކަމަށް ބުނެ ދައުރުކުރަމުންދާ ވީޑިއޯއަކީ ވަކި ސިޔާސީ މަގުސަދެއް ހާސިލްކުރުމަށް ހަގީގަތް އޮޅުވާލާފައިވާ އަދި ސަރުކާރާއި ދަރަނބޫދޫ ކައުންސިލް ބަދުނާމުކުރުމަށް ރާވައިގެން ހިންގާފައިވާ އަމަލެއް ކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު


-8

ޔޫސުފް

25-Jun-2022

އިޔާޒް ތި އުޅޭގޮތުން ދީނީ އިލްމް އުނގެނިފައި ހުރިކަމާމެދު ސުވާލު އުފެދޭ ތަންދޮރު ނުދަންނަ މީހަކަށްވުރެ ދަށު ދަރަޖައިގަ ތި އުޅެނީ ލިބޭ މާލީފައިދާ ގެ ބޮޑުކަމުންބާ?


1

ޢިލްމު

25-Jun-2022

ތިމާމެން އައްލާމާއިންގޮތުގަ ތިބެން ފިތުނަފަސާދަކުރުން ވެސް އެހާ ނުބައި. ޔާމިނަކީ ސިޔާސީ ވެރިއެއް. ސިޔާސީގޮތުން މަކަރާޖެހުން އެއީ ވެރިކަމަށް ބޫތުކައިގެން ކުރާކަމެއް. ދެރައީ މިހެން އިވޭހުރިހާ އަޑެއް ބޮޑުމަގަށްލައިގެން ފިތުނަހަދަމުން ދީނީ އިލްމުވެރިން ދުވުމަކީ އެންމެ ހެޔޮގޮތްނަމަ އަންނި އެކޭ ޑރ. ޢިޔާޒް އެކޭ ތަފާތަކީ ކޮބާ


2

އާރުޒޫ

25-Jun-2022

އެމްޑީޕީ ވެރިކަމަަށް އައީ ދުވަހަކުވެސް ފިތުނައެއް މުއުފައްދާ.އިޔާޒް ކަޓު ނަގަމުން ދަނީވެސް ފޮތުނަވެރިކަމެއްނެތި