މުވައްޒަފުންނަށް ލުއި ފަސޭހަކުރުމަށްޓަކައި ހުޅުމާލެ ފޭސް 2 ގައި ހަދާ ސްޓެލްކޯގެ ފްލެޓްތަކުން ކުލި ނަގަން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެންކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވީ ސްޓެލްކޯގެ 25 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައެވެ.
މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ އަންނަ މަހުގެތެރޭގައި ސްޓެލްކޯގެ ހިޔާ ފްލެޓްތައް މުވައްޒަފުންނާއި ހަވާލުކުރާނެ ކަމަށެވެ. އަދި ކުލިދެއްކުމުގައި މުވައްޒަފުންނަށް ލުއިފަސޭހަކުރުމަށްޓަކައި ކުލި ދައްކަން ފަށަންޖެހޭ މުއްދަތު ލަސްކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން އަންނަ މަހު ފްލެޓްތައް ހަވާލުކުރިނަމަވެސް ކުލި ނަގަން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކަމަށް ޝަރީފް ވިދާޅުވިއެވެ.
ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓްއެޅުމަށް ގިނަ ކުންފުނިތަކަކުން ބައިވެރިވި ނަމަވެސް އެ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދަނީ 4 ކުންފުންޏަކުންނެވެ. އެއީ ސްޓެލްކޯއާއި، އެމްޑަބްލިއުއެސްސީއާއި އެމްޕީއެލްއާއި އެމްއޭސީއެލުންނެވެ.
ސްޓެލްކޯއިން މިހާރު ދަނީ އެ ކުންފުނީގެ ފްލެޓްތަކަށް ކަރަންޓް ދިނުމަށް ބޭނުންވާ ޓްރާންސްޕޯމަރުތައް ބެހެއްޓުމުގެ މަސައްކަތް ކުރަމުންނެވެ.
ހިޔާ މަޝްރޫޢުގެ ދަށުން ސްޓެލްކޯއިން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރި 2 ޓަވަރުގައި ޖުމްލަ 360 ފްލެޓް ހުރެއެވެ. އެއީ 1 ކޮޓަރީގެ 72 އެޕާޓްމަންޓާއި، އަދި 2 ކޮޓަރި، ޕްލަސް މެއިޑް ރޫމް ހިމެނޭ 288 އެޕާޓްމަންޓެވެ.
މި ފްލެޓްތައް ހަވާލުކުރަނީ އެތެރޭގެ ހުރިހާ މަސައްކަތްތައް ނިންމުމަށްފަހުއެވެ. އެގޮތުން މުށިޖެހުމާއި، ފާޚާނާއާއި އަދި ބަދިގެ ކަބަޑުސެޓުވެސް ހުންނާނީ ނިމިފައެވެ.

ކިޔުންތެރިންގެ ހިޔާލު