ސަރުކާރުން ކ. ގުރައިދޫގައި އެޅި ޓާފް ފުޓްބޯޅަ ދަނޑު ހުޅުވައިފިއެވެ.
މި ދަނޑު ރަސްމީކޮށް ހުޅުވައިފައިވަނީ އެކަމަށްޓަކައި އާދީއްތަ ދުވަހުގެ ހަވީރު ގުރައިދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްއެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ފައިސަލް ނަސީމް ވިދާލުވީ އެ ދަނޑާއެކު ހަނދާނަށް އަންނަނީ މީގެ ތިރީސް އަހަރުކުރިން ގުރައިދޫއަށް ވަޑައިގެން ފުޓްބޯޅަ ކުޅުއްވަން އުޅުއްވި ހަނދާންތައްކަމަށެވެ. އަދި ގުރައިދޫއަކީ އެކުވެރި ރައްޔިތުން ދިރިއުޅޭ ރަށެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، އަހުމަދު މަހްލޫފް ވިދާޅުވީ ގުރައިދޫ ފުޓުބޯޅަ ދަނޑުގައި ރޮސްޓްރޮމެއްގެ އިތުރުން ލައިޓް ޖެހުން ކުރިޔަށްދާނެ ކަމަށެވެ. އެއާއެކު ދިވެހި ޕްރިމިއާ ލީގުގެ މެޗުތައް އެ ދަނޑުގައި ކުޅެވޭނެ ކަމަށް މަހްލޫފް ވިދާޅުވިއެވެ.
ދަނޑު ހުޅުވުމަށްފަހު ވަނީ ގުރައިދޫގެ ވެޓަރަންސް ޓީމަކާއި ކުޅިވަރާ ބެހޭ ވުޒާރާއިން އެކުލަވާލި ޓީމެއްގެ މެދުގައި ފުޓްބޯޅަ މެޗެއް ކުޅެފައެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވައުދުފުޅުގެ ތެރޭގައި ރާއްޖޭގެ 100 ރަށެއްގައި ފެންވަރު ރަނގަޅު ޓާފް ދަނޑު އެޅުން ހިމެނެއެވެ.

Vice President @faisalnasym inaugurates the newly developed football stadium in Guraidhoo Island in the Kaafu Atoll. The MVR6 million project saw the construction of the subbase, and the installation of turf and boundary fence. pic.twitter.com/xcXlvqKhYt
— The President's Office (@presidencymv) June 19, 2022
މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، އަހުމަދު މަހްލޫފް ވިދާޅުވީ ގުރައިދޫ ފުޓުބޯޅަ ދަނޑުގައި ރޮސްޓްރޮމެއްގެ އިތުރުން ލައިޓް ޖެހުން ކުރިޔަށްދާނެ ކަމަށެވެ. އެއާއެކު ދިވެހި ޕްރިމިއާ ލީގުގެ މެޗުތައް އެ ދަނޑުގައި ކުޅެވޭނެ ކަމަށް މަހްލޫފް ވިދާޅުވިއެވެ.
ދަނޑު ހުޅުވުމަށްފަހު ވަނީ ގުރައިދޫގެ ވެޓަރަންސް ޓީމަކާއި ކުޅިވަރާ ބެހޭ ވުޒާރާއިން އެކުލަވާލި ޓީމެއްގެ މެދުގައި ފުޓްބޯޅަ މެޗެއް ކުޅެފައެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވައުދުފުޅުގެ ތެރޭގައި ރާއްޖޭގެ 100 ރަށެއްގައި ފެންވަރު ރަނގަޅު ޓާފް ދަނޑު އެޅުން ހިމެނެއެވެ.
ކިޔުންތެރިންގެ ހިޔާލު