ހިންދޫއިންގެ ތެރޭގައި ހާއްސަ ސަމާލުކަމެއް ދީފައި އޮންނަ "އިންޓަނޭޝަނަލް ޔޯގާ ދުވަސް" ފާހަގަކުރުމަށް މާލޭގައި ބާއްވަން ނިންމާފައިވާ ބޮޑު ޔޯގާ ޖަމާއަތް ބޭއްވުމަށް ރަސްފަންނު ސަރަހައްދު ނުދޭން މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
"އިންޓަނޭޝަނަލް ޔޯގާ ދުވަސް" ފާހަގަކުރުމަށް ޔޯގާގެ ބޮޑު އިވެންޓެއް މާލޭގައި ބާއްވަން ތައްޔާރުވަމުންދަނީ ޔޫތު މިނިސްޓްރީއާއި އިންޑިއާ ހައި ކޮމިޝަނާއި އިންޑިއަން ކަލްޗަރަލް ސެންޓަރު ގުޅިގެނެވެ. އެމީހުން ރާވާފައި އޮތީ މާދަމާ ފަތިހު އެ ހަރަކާތް ބޭއްވުމަށެވެ.
ސިޓީ ކައުންސިލުގެ އިދާރާއިން ބުނީ އެ ހަރަކާތް ބޭއްވުމަށް ރަސްފަންނު ސަރަހައްދު ދޭން ކައުންސިލަރުންނަށް ނުފެންނާތީ އެ ސަރަހައްދު ނުދޭން ނިންމާފައިވާކަމަށެވެ.
އިސްލާމީ ޝަރީއާގައި ހުއްދަނޫން ކަމެއްކަމަށް ބުނެ ޔޯގާ އިވެންޓު ހުއްޓުވައިދިނުމަށް އަމިއްލަ ފަރާތަކުން ފުލުހަށްވެސް ވަނީ ހުށަހަޅާފައެވެ.
ޔޯގާގެ ހުކުމާއި މެދު ދީނީ އިލްމުވެރިންގެ ތެރޭގައި ހިލާފުތަކެއް އުޅެއެވެ. އެއް ބަޔަކު އެއީ ހުއްދަކަމެއްކަމަށް ބުނާއިރު، އަނެއްބައި އިލްމުވެރިން ބުނަނީ އެއީ ހަރާމް ކަމެއްކަމަށެވެ.
ރާއްޖޭގެ ދީނީ އިލްމުވެރިޔެއް ކަމަށްވާ ޝެއިހް ހަސަން މޫސާ ފިކްރީ ވިދާޅުވެފައިވާ ގޮތުގައި ޔޯގާއަކީ ހިންދޫން އެކަމެއްގެ މައްޗަށް ފަހުރުވެރިވާ އެމީހުންގެ ދީނީ އަޅުކަމެކެވެ. އަދި ޔޯގާ ބިނާވެފައިވަނީ ޝިރުކުގެ އަސާސްތަކުގެ މައްޗަށް ކަމަށާއި އެހެން ކަމުން މުސްލިމުން ޔޯގާ ނޫން ކަސްރަތެއް ހިޔާރު ކުރެއްވުމަށް އޭނާ ނަސޭހަތްތެރި ވެފައިވެއެވެ.

ޔޯގާއަކީ ހިންދޫން އެކަމެއްގެ މައްޗަށް ފަޚުރުވެރިވާ އެމީހުންގެ ދީނީ އަޅުކަމެއް. ޔޯގާ ބިނާވެފައިވަނީ ޝިރުކުގެ އަސާސްތަކުގެ މައްޗަށް.
— 𝐒𝐡𝐤 𝐇𝐚𝐬𝐬𝐚𝐧 𝐅𝐢𝐤𝐫𝐞𝐞 (@HassanFikree) June 13, 2022
ޔޯގާ ނޫން ކަސްރަތެއް ޚިޔާރު ކުރައްވާ. pic.twitter.com/p10WMHCi0j
ޔޯގާގެ ހުކުމާއި މެދު ދީނީ އިލްމުވެރިންގެ ތެރޭގައި ހިލާފުތަކެއް އުޅެއެވެ. އެއް ބަޔަކު އެއީ ހުއްދަކަމެއްކަމަށް ބުނާއިރު، އަނެއްބައި އިލްމުވެރިން ބުނަނީ އެއީ ހަރާމް ކަމެއްކަމަށެވެ.
ރާއްޖޭގެ ދީނީ އިލްމުވެރިޔެއް ކަމަށްވާ ޝެއިހް ހަސަން މޫސާ ފިކްރީ ވިދާޅުވެފައިވާ ގޮތުގައި ޔޯގާއަކީ ހިންދޫން އެކަމެއްގެ މައްޗަށް ފަހުރުވެރިވާ އެމީހުންގެ ދީނީ އަޅުކަމެކެވެ. އަދި ޔޯގާ ބިނާވެފައިވަނީ ޝިރުކުގެ އަސާސްތަކުގެ މައްޗަށް ކަމަށާއި އެހެން ކަމުން މުސްލިމުން ޔޯގާ ނޫން ކަސްރަތެއް ހިޔާރު ކުރެއްވުމަށް އޭނާ ނަސޭހަތްތެރި ވެފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު