އިބްރާހިމް ފަހީމް   20 ޖޫން 2022 - 22:28
ނ. ލަންދޫ ބަނދަރުގައި އޮތް ލޭންޑިން ކްރާފްޓަކަށް ރުއްތަކެއް އެރުވުމުގެ ތެރޭގައި ދެރުއް ދޭތެރޭ ތާށިވެ މީހަކު މަރުވެއްޖެއެވެ.

ފުލުހުން ދެންމެ ބުނީ، ނ. ލަންދޫގައި ލޭންޑިންގ ކްރާފްޓަކަށް ރުއްތަކެއް އެރުވުމުގެ މަސައްކަތް ކުރަމުން ދިޔަ އުމުރުން 53 އަހަރުގެ ބަންގްލަދޭޝް މީހަކު 2 ރުއް ދޭތެރޭ ފިތިފައިވާ ކަމުގެ މައުލޫމާތު މިއަދު ހަވީރު 4:15 ގައި ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އަދި އެ ރަށު ސިއްހީ މަރުކަޒާއި ހަވާލާދީ ފުލުހުން ބުނީ، އޭނާ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް މަރުވެފައިވާކަމަށް އެ މަރުކަޒުން ބުނެފައިވާކަމަށެވެ.

ފުލުހުން ބުނީ މި ހާދިސާއާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން ދާކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު