ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރި ވިނަރެސް ފްލެޓްތައް އެޗްޑީސީއާ މިއަދު ހަވާލުކޮށްފި އެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރި ވިނަރެސް ފްލެޓްތަކަކީ ޗައިނާ މެޝިނަރީ އިންޖީނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާ ހަވާލުކޮށްގެން އަޅާފައިވާ ފުލެޓްތަކެކެވެ.
ހުޅުމާލޭގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި އެ ފްލެޓްތައް ޗައިނާ ކުންފުނީގެ ފަރާތުން އެޗްޑީސީއާއި ވަނީ ހަވާލުކޮށްފައެވެ. އެ ފުލެޓްތަށް އެޗްޑީސީ އާއި ހަވާލުކުރެއްވީ ސީއެމްއީސީން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބް ލިއު ޝައުޑާ އެވެ. އަދި އެޗްޑީސީގެ ފަރާތުން އެ ފްލެޓްތަކާ ހަވާލުވެވަޑައިގެންފައިވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދެވެ.
ވިނަރެސް ފްލެޓުގައި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކެއް ވެސް ހިމެނެއެވެ. އެ މަޝްރޫއުގެ ދަށުން 13 ބުރީގެ 10 ޓަވަރު ވަނީ އަޅާފައެވެ. އޭގެ ތެރޭގައި ހިމެނެނީ 1،344 އެޕާޓްމަންޓެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސީއެމްއީސީގެ ޗެއާމަން ސަން ބައި ވިދާޅުވީ ރާއްޖޭގެ އިގްތިސޯދީ އަދި އިޖުތިމާއީ ތަރައްގީގައި އިތުރަށް ބައިވެރިވާން ބޭނުންވާ ކަމަށެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޗްޑީސީގެ މެނޭޖަރު ސަހައިލް ވިދާޅުވީ ހުޅުމާލޭގައި ތަރައްގީގެ ބޮޑެތި މަޝްރޫއުތަކެއް ކުރިއަށް ގެންދާއިރު 2009 ވަނަ އަހަރުން ފެށިގެން އެ ތަރައްގީގެ މަސައްކަތުގައި ސީއެމްއީސީ އިން ބައިވެރިވަމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި 2012 ވަނަ އަހަރު މަސަައްކަތް ނިންމާލި 1000 ޔުނިޓާއި 2016 ގައި މަސައްކަތް ނިންމާލި 704 ޔުނިޓްގެ މަސައްކަތް ވެސް ނިންމާލާފައިވާ ކަން ސުހައިލް ވަނީ ފާހަގަކުރައްވާފައެވެ.

Vice President @faisalnasym attends the ceremony held to mark the completion and handover of the "Vinares" housing project. It is a mid-range housing project by @hdcmaldives to cater to the increasing demand for housing in the Malé region. pic.twitter.com/seiChzHhwG
— The President's Office (@presidencymv) June 20, 2022
ވިނަރެސް ފްލެޓުގައި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކެއް ވެސް ހިމެނެއެވެ. އެ މަޝްރޫއުގެ ދަށުން 13 ބުރީގެ 10 ޓަވަރު ވަނީ އަޅާފައެވެ. އޭގެ ތެރޭގައި ހިމެނެނީ 1،344 އެޕާޓްމަންޓެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސީއެމްއީސީގެ ޗެއާމަން ސަން ބައި ވިދާޅުވީ ރާއްޖޭގެ އިގްތިސޯދީ އަދި އިޖުތިމާއީ ތަރައްގީގައި އިތުރަށް ބައިވެރިވާން ބޭނުންވާ ކަމަށެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޗްޑީސީގެ މެނޭޖަރު ސަހައިލް ވިދާޅުވީ ހުޅުމާލޭގައި ތަރައްގީގެ ބޮޑެތި މަޝްރޫއުތަކެއް ކުރިއަށް ގެންދާއިރު 2009 ވަނަ އަހަރުން ފެށިގެން އެ ތަރައްގީގެ މަސައްކަތުގައި ސީއެމްއީސީ އިން ބައިވެރިވަމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި 2012 ވަނަ އަހަރު މަސަައްކަތް ނިންމާލި 1000 ޔުނިޓާއި 2016 ގައި މަސައްކަތް ނިންމާލި 704 ޔުނިޓްގެ މަސައްކަތް ވެސް ނިންމާލާފައިވާ ކަން ސުހައިލް ވަނީ ފާހަގަކުރައްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު