ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ވިނަރެސް ހައުސިން ޕްރޮޖެކްޓަކީ މި ސަރުކާރުގެ ކާމިޔާބީއެއް ކަމަށް ހައުސިން މިނިސްޓަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ޗައިނާގެ ސީމެކް ކުންފުނީގެ އެހީގައި ތަރައްގީ ކުރި ވިނަރެސް ހައުސިން ޕްރޮޖެކްޓުގެ މަސައްކަތް އެއްކޮށް ނިންމައި ރަސްމީކޮށް މިއަދު ވަނީ ދިވެހި ސަރުކާރާ ހަވާލުކޮށްފައެވެ. އެގޮތުން މިކަމަށްޓަކައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިކަމުގެ ރަމްޒީ ތަޅުދަނޑިއާ ސަރުކާރުގެ ފަރާތުން ހަވާލުވެވަޑައިގަތީ ނައިބު ރައީސް ފައިސަލް ނަސީމެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ، ވިނަރެސްގެ 1،344 ފްލެޓްގެ މަސައްކަތް ފެށިގެން އައީ 2009 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 25 ވަނަ ދުވަހު ކަމަށެވެ. އެއީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައެވެ. އޭރު ހައުސިންގ މިނިސްޓަރަކަށްވެސް ހުންނެވީ އަސްލަމެވެ.
"2009 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 25 ވަނަ ދުވަހު ހައުސިން މިނިސްޓްރީ އާއި ސީއެމްއީސީއާ އެކު ވެވުނު އެއްބަސްވުމެއްގެ ދަށުން ބިނާކުރެވިގެންދިޔަ ޕްރޮޖެކްޓްތަކެއްގެ ތެރެއިން އެންމެ ފަހުން ނިންމަން އޮތް ބައި ނިންމައި ހޭންޑްއޮވާ ކުރުމުގެ ހަފްލާގައި މި ތިބީ. މިކަން ފެށުނީ އަޅުގަނޑުގެ ފުރިހަމަ ބައިވެރިވުމާ އެކީގައި. އަޅުގަނޑުމެންގެ ސަރުކާރެއްގެ ފެށުމެއްގެ ގޮތުގައި މިކަން ފެށިފައި މިއޮތީ: ޖަލްސާގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ، އޭރު ސޮއި ކުރެވުނު އެއްބަސްވުމުގެ ދަށުން ފުރަތަމަ ބިނާ ކުރެވުނު 1،000 ހައުސިންގ ޔުނިޓް ބިނާ ކުރެވުނީ ހުޅުމާލޭގައި ކަމަށާއި ދެވަނައަށް ހިންގި ޕްރޮޖެކްޓަކީ 1،500 ހައުސިންގ ޔުނިޓެއްގެ މަސައްކަތް ކަމަށާއި، އޭގެ ތެރެއިން 796 ޔުނިޓް ހުޅުމާލޭގައި، 704 ޔުނިޓް ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގައި އެޅުނު ކަމަށް އޭނާ ވިދާޅުވިއެވެ. އެ މަސައްކަތުގެ އީޕީސީ ކޮންޓްރެކްޓްގައި 2011 ވަނަ އަހަރުގެ މާރޗް މަހުގެ 15 ގައި ސޮއިކުރެއްވީވެސް އޭނާ ކަމަށް އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ، މި ޕްރޮޖެކްޓަކީ މި ސަރުކާރުގެ ކާމިޔާބު މަސައްކަތެއް ކަމަށާއި، މިއީ މި ސަރުކާރުގެ މަސައްކަތުން ހޯދުނު ކާމިޔާބީއެއްކަމަށް ދައުވާ ކުރައްވާކަމަށެވެ. އަދި މި ޕްރޮޖެކްޓަކީ މިހާތަނަށް އެންމެ ފެންވަރު ރަނގަޅުކޮށް ކުރިއަށް ގެންދެވުނު ހައުސިންގ ޕްރޮޖެކްޓް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ނަމަވެސް، އެ ފްލެޓްތަކަކީ ކުރީގެ ރައީސް ޔާމީންގެ ދައުރުގައި ޗައިނާއާއި ހަވާލުކުރި ފުލެޓުތަކެއްކަމަށް އޭރުގެ ސަރުކާރުން ދަނީ ބުނަމުންނެވެ. އެ ފަރާތްތަކުން ބުނަނީ އެއީ ހިޔާ މަޝްރޫއާއެކުއެކީ ސޮއިކުރި ޕްރޮޖެކްޓްތަކެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު