ޕެންޝަން އޮފީހުގެ ޗެއާޕާސަން ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު އިނާޒު އައްޔަންކޮށްފި އެވެ.
ޕެންޝަން އޮފީހުގެ ޗެއާޕާސަން ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިނާޒް އައްޔަންކޮށްފައިވަނީ މިއަދު އެވެ. ޕެންޝަން އޮފީހުގެ ޗެއާގެ މަގާމުގައި މީގެކުރިން ހުންނެވީ އާތިފާ އަލީ އެވެ.
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް ހިންގަނީ 8 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ބޯޑަކުންނެވެ.
ޕެންޝަން އޮފީހުގެ ބޯޑުގައި ހިމެނެނީ ބޯޑުގެ ޗެއަރޕަރސަނާއި، ސެކިއުރިޓީސް މާރކެޓް ރެގިއުލޭޓަރގެ އިސް މުވައްޒަފަކާއި، މިނިސްޓްރީ އޮފް ފިނޭންސްގެ ސިވިލް ސަރވިސްގައި ހިމެނޭ އިސް މުވައްޒަފަކާއި، ސޯޝަލް ސެކިއުރިޓީއާބެހޭ ކަންތައްތައް ބަލަހައްޓާ މިނިސްޓްރީގެ ސިވިލް ސަރވިސްގައި ހިމެނޭ އިސް މުވައްޒަފަކާއި އަދި ދައުލަތުގެ ނުވަތަ ސަރުކާރުގެ ވަޒީފާއެއް އަދާނުކުރާ ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރާ 4 މެންބަރުންނެވެ.

ކިޔުންތެރިންގެ ހިޔާލު