ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފްގެ އިސްނެންގެވުމާއެކު ބޮޑު ޖަމާއަތް ހަދައިގެން "އިންޓަނޭޝަނަލް ޔޯގާ ދުވަސް" ފާހަގަކުރުމަށް މާލޭގައި ބާއްވަން މަސައްކަތްކުރި ބޮޑު ޔޯގާ ޖަމާއަތަށް ބަޔަކު ހުރަސް އަޅައިފިއެވެ.
ރަސްފަންނު ސަރަހައްދުގައި ބާއްވަން މަސައްކަތްކުރި މި ހަރަކާތަށް އެ ސަރަަހައްދު ދޫނުކުރުމުން، މި ހަރަކާތް އޮތީ މަހުލޫފުގެ ބެލުމުގެ ދަށުގައި އޮންނަ ރަސްމީ ބޯޅަދަނޑުގައެވެ.
ބޯޅަދަނޑުގައި މިހަރަކާތް ކުރިއަށް ދަނިކޮށް ގިނަ އަދަދެއްގެ ދިވެހި ރައްޔިތުން ވަނީ އެތަނަށް ވަދެ، އެތަނުގައި ތިބި މީހުން ފައްސާލާފައެވެ. އަދި އެމީހުން އެތަނަށް ވަދެގެންދިޔައިރު، ފުލުހުން ތިބިކަންވެސް ފާހަގަކޮށްލެވެއެވެ.
އިސްލާމީ ޝަރީއާގައި ހުއްދަނޫން ކަމެއްކަމަށް ބުނެ ޔޯގާ އިވެންޓާއި ދެކޮޅަށް ރާއްޖޭގެ ގިނަ އިލްމުވެރިން ވަނީ ފަތުވާވެސް ނެރެފައެވެ. އޭގެ ތެރޭގައި ސަރުކާރަށް ތާއީދުކުރާ އިލްމުވެރިންވެސް ހިމެނެއެވެ.
ޔޯގާގެ ހުކުމާއި މެދު ދީނީ އިލްމުވެރިންގެ ތެރޭގައި ހިލާފުތަކެއް އުޅެއެވެ. އެއް ބަޔަކު އެއީ ހުއްދަކަމެއްކަމަށް ބުނާއިރު، އަނެއްބައި އިލްމުވެރިން ބުނަނީ އެއީ ހަރާމް ކަމެއްކަމަށެވެ.

Mai vi Islam dheenaa gaumattakaa. Allahu Akbar pic.twitter.com/XLF6jLFrsL
— Adam Naseer Mohamed (@AdamNaseerMoha8) June 21, 2022
އިސްލާމީ ޝަރީއާގައި ހުއްދަނޫން ކަމެއްކަމަށް ބުނެ ޔޯގާ އިވެންޓާއި ދެކޮޅަށް ރާއްޖޭގެ ގިނަ އިލްމުވެރިން ވަނީ ފަތުވާވެސް ނެރެފައެވެ. އޭގެ ތެރޭގައި ސަރުކާރަށް ތާއީދުކުރާ އިލްމުވެރިންވެސް ހިމެނެއެވެ.
ޔޯގާގެ ހުކުމާއި މެދު ދީނީ އިލްމުވެރިންގެ ތެރޭގައި ހިލާފުތަކެއް އުޅެއެވެ. އެއް ބަޔަކު އެއީ ހުއްދަކަމެއްކަމަށް ބުނާއިރު، އަނެއްބައި އިލްމުވެރިން ބުނަނީ އެއީ ހަރާމް ކަމެއްކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު