"އިންޓަނޭޝަނަލް ޔޯގާ ދުވަސް" ފާހަގަކުރުމަށް މާލޭގައި ބާއްވަން މަސައްކަތްކުރި ބޮޑު ޔޯގާ ޖަމާއަތަށް ހުރަސް އެޅި 6 މީހަކު ހައްޔަރުކޮށްފިއެވެ.
ރަސްފަންނު ސަރަހައްދުގައި ބާއްވަން މަސައްކަތްކުރި މި ހަރަކާތަށް އެ ސަރަަހައްދު ދޫނުކުރުމުން، މި ހަރަކާތް ޔޫތު މިނިސްްޓްރީން ބޭއްވީ ރަސްމީ ބޯޅަދަނޑުގައެވެ. ނަމަވެސް ރައްޔިތުންގެ ބަޔަކު ވަނީ އެ ހަރަކާތް ކުރިއަށްގެންދިއުމަށް ހުރަސް އަޅައި، ހުއްޓުވާފައެވެ.
ފުލުހުން ބުނީ ގަލޮޅު ދަނޑު ކައިރީގައި ކުރިއަށްދިޔަ މުޒާހަރާގެ ތެރެއިން 6 ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށެވެ. އަދި މިމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާކަމަށް ފުލުހުން ބުނެފައި ވެއެވެ.
ބޯޅަދަނޑުގައި މިހަރަކާތް ކުރިއަށް ދަނިކޮށް ގިނަ އަދަދެއްގެ ބަޔަކު ވަނީ އެތަނަށް ވަދެ، އެތަނުގައި ތިބި މީހުން ފައްސާލާފައެވެ. އަދި އެމީހުން އެތަނަށް ވަދެގެންދިޔައިރު، ފުލުހުން ތިބިކަންވެސް ފާހަގަކޮށްލެވެއެވެ.
އިސްލާމީ ޝަރީއާގައި ހުއްދަނޫން ކަމެއްކަމަށް ބުނެ ޔޯގާ އިވެންޓާއި ދެކޮޅަށް ރާއްޖޭގެ ގިނަ އިލްމުވެރިން ވަނީ ފަތުވާވެސް ނެރެފައެވެ. އޭގެ ތެރޭގައި ސަރުކާރަށް ތާއީދުކުރާ އިލްމުވެރިންވެސް ހިމެނެއެވެ.
ޔޯގާގެ ހުކުމާއި މެދު ދީނީ އިލްމުވެރިންގެ ތެރޭގައި ހިލާފުތަކެއް އުޅެއެވެ. އެއް ބަޔަކު އެއީ ހުއްދަކަމެއްކަމަށް ބުނާއިރު، އަނެއްބައި އިލްމުވެރިން ބުނަނީ އެއީ ހަރާމް ކަމެއްކަމަށެވެ.

Mai vi Islam dheenaa gaumattakaa. Allahu Akbar pic.twitter.com/XLF6jLFrsL
— Adam Naseer Mohamed (@AdamNaseerMoha8) June 21, 2022
އިސްލާމީ ޝަރީއާގައި ހުއްދަނޫން ކަމެއްކަމަށް ބުނެ ޔޯގާ އިވެންޓާއި ދެކޮޅަށް ރާއްޖޭގެ ގިނަ އިލްމުވެރިން ވަނީ ފަތުވާވެސް ނެރެފައެވެ. އޭގެ ތެރޭގައި ސަރުކާރަށް ތާއީދުކުރާ އިލްމުވެރިންވެސް ހިމެނެއެވެ.
ޔޯގާގެ ހުކުމާއި މެދު ދީނީ އިލްމުވެރިންގެ ތެރޭގައި ހިލާފުތަކެއް އުޅެއެވެ. އެއް ބަޔަކު އެއީ ހުއްދަކަމެއްކަމަށް ބުނާއިރު، އަނެއްބައި އިލްމުވެރިން ބުނަނީ އެއީ ހަރާމް ކަމެއްކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު