ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން ސަރުކާރުން އެންމެ އިސްކަމެއް ދެއްވަނީ އައްޑޫ ސިޓީގެ ފަތުރުވެރިކަން ކުރިއެރުވުމަށްކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
ޓޫރިޒަމް މިނިސްޓަރ މިހެން ވިދާޅުވީ ރައްޔިތުން މަޖިލީހުގައި މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފު (އައްޑޫ ޝަރީފް) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރ ވިދާޅުވީ ޓޫރިޒަމްގެ ވާހަކަ ދައްކާއިރު އައްޑޫ ޓޫރިޒަމްގެ ވާހަކަ ދައްކަން ފުރުސަތު ލިބުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ޓޫރިޒަމަކީ ވިޔަފާރިއެއްކަން ގަބޫލުކުރަންޖެހޭކަމަށާއި ޓޫރިޒަމް ކުރިއަރުވާއިރު މުޅި އިންޑަސްޓްރީ ކުރިއަރަންޖެހޭކަމަށެވެ.
"މި ވާހަކަ ދައްކާފަ ދާއިރަށް މީހުން ބުނާނެ މައުސޫމް އެބަ ވާހަކަ ދައްކައޭ. ތިޔަ ވާހަކަ ނުދައްކާށޭ. ތިޔަކަމެއް ނުވި ނޫންހޭ. އަޅުގަނޑުމެން ގަބޫލު ކުރަން ޖެހެނީ ޓޫރިޒަމަކީ ވިޔަފާރިއެއްކަން." މައުސޫމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އައްޑޫ ޝަންގްރިއްލާގެ މަރާމާތު ކުރުމުގެ މަސައްކަތް ކުރުމަށްޓަކައި މީހުން ފޮނުވަމުންދާކަން އެނގިވަޑައިގެންފައިވާ ކަމަށެވެ. ނަމަވެސް އެއީ އެތަނުގެ ވެރިން ކުރާކަމެއްކަމަށެވެ.
އައްޑޫޫ ޝަންގްރިއްލާ ރިސޯޓަކީ ސަރުކާރުގެ 30 އިންސައްތަ ހިއްސާ އޮންނަ، 284 އެނދުގެ ޖާގައިގެ ރިސޯޓެކެވެ. ކޮވިޑް-19 ޕެންޑެމިކާއެކު އައްޑޫ ޝަންގްރިއްލާ ރިސޯޓު އަދިވެސް އޮތީ ބަންދުކޮށްފައެވެ.
މައުސޫމް ވިދާޅުވީ ޝަންގްރިއްލާގެ ހިއްސާ ދޫކޮށްލެއްވޭ ގޮތަށް ޓޫރިޒަމް ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.
ޓޫރިޒަމް ގާނޫނަށް މި އިސްލާހުތައް ގެންނަނީ އައްޑޫގައި ޝަންގްރިއްލާއިން ހިންގާ ވިލިނގި ރިސޯޓު އެންޑް ސްޕާގައި އޮތް ސަރުކާރުގެ ހިއްސާ ދޫކޮށްލުމަށް 80 ވަރަކަށް މިލިއަން ޑޮލަރު ދައްކަން ޖެހޭތީއެވެ.

ކިޔުންތެރިންގެ ހިޔާލު