ދަނޑުގައި ކުރިއަށްދިޔަ ޔޯގާގެ ހަރަކާތާ ދެކޮޅަށް ހިންގި ހަމަނުޖެހުން ހުއްޓުވަން ފުލުހުން އަމަލުކުރި ގޮތުގެ އިންޓަރނަލް ރެވިއުއެއް ނުވަތަ އެތެރޭގެ ތަހުގީގެެއް ހިންގުމަށް ނިންމާފައިވާކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ހާމަކޮށްފިއެވެ.
ފުލުހުން މިކަން ހާމަކޮށްފައި މިވަނީ ޔޯގާ ދުވަސް ފާހަގަކުރަން މިއަދު ގަލޮޅު ބޯޅަދަނޑުގައި ބޭއްވި ހަރަކާތުގެ ތެރެއަށް ބަޔަކު ވަދެ ހިންގި ހަމަނުޖެހުން ހުއްޓުވަން ފުލުހުން މަސައްކަތް ކޮށްފައި ނުވާކަމަށް ބުނެ ގިނަ ބަޔަކު ފާޑު ކިޔަމުންދާ ދަނޑިވަޅެއްގައެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތެއް ކުރިއަށްދަނިކޮށް އެތަނުގައި ތިބި ބޭރުގެ ޑިޕްލޮމެޓުންނާއި އާއްމު ރައްޔިތުންނަށް ބިރުވެރިކަން އުފެދޭ ގޮތަށް، އެތަނަށް ބަޔަކު ވަދެ، މީހުންނާއި ތަކެއްޗަށް ހަމަލާދިން މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާކަމަށެވެ. އަދި މިކަމުގައި ބައިވެރި މީހުންނަށް ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ފުލުހުންގެ އެކި ޑިޕާޓްމަންޓްތަކުން ގުޅިގެން ކުރަމުންދާކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކުން ހަމަނުޖެހުން ހިންގި މީހުންނަށް އާލާތްތައް ފޯރުކޮށްދީފައި ވަނީ ޕީޕީއެމުންކަމަށެވެ. އަދި ދަނޑުގައި ކުރިއަށްދިޔަ ޔޯގާގެ ހަރަކާތް ހުއްޓުވަން ފުލުހުން އަމަލުކުރި ގޮތުގެ އިންޓަރނަލް ރެވިއުއެއް ނުވަތަ އެތެރޭގެ ތަހުގީގެެއް ހިންގުމަށް ނިންމާފައިވާކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުންޏެވެ.
މިމައްސަލައާ ގުޅިގެން މިހާތަނަށް 6 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
މިއަދު ހެނދުނު އޮތް ޔޯގާ ހަރަކާތް ހުއްޓުވާނެކަމަށް ބުނެ މީގެ ދުވަސްކޮޅެއް ކުރިން ފަށައިގެން ސޯޝަލް މީޑިއާގައި އެކި ފަރާތްތަކުން ދިޔައީ އަޑުއުފުލަމުންނެވެ. އަދި އެ ސަރަހައްދަށް އެއްވާނެކަމުގެ މައުލޫމާތުތަައް މުޅި ސޯޝަލް މީޑިއާގައި ދިޔައީ ފަތުރަމުންނެވެ.
އެންމެފަހުން މިއަދު ހެނދުނު އިރުއަރައިގެން އައިއިރު އެސަރަހައްދަށް މީހުން ދިޔައީ ޖަމާވަމުންނެވެ. ޔޯގާގެ ހަރަކާތަށް ދިޔަ މީހުންނަށް ވުރެ ގިނައީ އެކަމާއި ދެކޮޅަށް އަޑު އުފުލަން ދިޔަ މީހުންނެވެ.
ވީޑިއޯތަކުން ފެންނަ ގޮތުގައި ބޯޅަދަނޑަށް އެތައް ބަޔަކު، އެންމެ ގޭޓެއް ބޭނުންކޮށްގެން ވަންނަމުން ދިޔައިރު އެމީހުން ހުއްޓުވަން އެސަރަހައްދުގައި ތިބި ފުލުހުން އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. ފުލުހުން ހަރަކާތްތެރިވާން ފެށީ އެތަނަށް ވަދެ ހަމަނުޖެހުން ހިންގަން ފެށި ފަހުންނެވެ.
ބައެއް މީހުން ތުހުމަތުކުރަމުންދަނީ ބޯޅަދަނޑަށް ވަދެ ހަމަނުޖެހުންތައް ހިންގަން ފުރުސަތު ދިނީ ފުލުހުންކަމަށެވެ. އަދި އެކަން ހުއްޓުވަން އެއްވެސް ވަރަކަށް ފުލުހުން މަސައްކަތްކޮށްފައިނުވާކަމަށް އެމީހުން ތުހުމަތުކުރެއެވެ. އޭގެތެރޭގައި ސަރުކާރު ހިންގާ އެމްޑީޕީގެ މެންބަރުންވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު