އިބްރާހިމް ފަހީމް   21 ޖޫން 2022 - 22:38
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު
މިއަދު ރާއްޖެއިން ފެނިގެން މިދަނީ ބަޣާވާތެއްގެ އަލާމާތްތައް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

އިންޓަނޭޝަނަލް ޔޯގާ ދުވަހާއި ގުޅުވައިގެން މިއަދު ގަލޮޅު ފުޓްބޯޅަ ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތަށް އާންމުންގެ ބަޔަކު ހުރަސްއަޅާ ހަމަނުޖެހުން ހިންގުމާއި ގުޅިގެން ރީކޯ މިއަދު ވިދާޅުވީ، އެމްޑީޕީ ރޫޅި ސަރުކާރާ ދިމާއަށް ޕާޓީގެ ވެރިން ތެދުވެ އިދިކޮޅު ޕާޓީއަށް ވާގިވެރިވާނަމަ އެތެރެއާއި ބޭރުން ވެސް ސަރުކާރު ވައްޓާލަން ބަޣާވާތް ކުރާނެ ކަމަށެވެ.

އަދި އެކަން ކުރިން ވެސް އޮތީ އެގޮތަށް ހިނގާފައި ކަމަށާއި، މިއަދު ފެނިގެން ދިޔައީ ބަޣާވާތެއްގެ އަލާމާތެއްކަމަށް މޫސަ ވިދާޅުވިއެވެ.



ރީކޯ އިތުރަށް ވިދާޅުވީ ސްކޫލްކުދިން އެސެމްބްލީގައި ތިއްބާ، ބަޔަކު މީހުން އަރައިގަނެ ކުދިންތަކެއް މަރާލުމުގެ ކުރިން ސުކޫލުތަކުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރަން ޖެހިއްޖެ ކަމަށެވެ. އަދި އެކަމަށް ދަރިވަރުންގެ ބެލެނިވެރިން ސަމާލުވާން ޖެހިފައިވާ ކަމަށް ވެސް މޫސަ ވިދާޅުވިއެވެ.

ރީކޯ މިފަދައިން ވިދާޅުވެފައިވާއިރު، ސަރުކާރުގެ ތެރޭގައި، އިދިކޮޅު ޕާޓީއަށް ހިތްވަރުދޭ ގިނަބަޔަކު ތިބިކަމަށް ރައީސް ޞާލިޙަށް ތާއީދު ކުރާ އެމްޑީޕީގެ ގިނަބަޔަކު ދަނީ ބުނަމުންނެވެ. އަދި މިއަދު ހިނގި ހާދިސާގައި ވެސް، ސަރުކާރު އަގުވައްޓާލުމަށް ބައެއްކަންކަން ކޮށްފައިވާކަމަށް އެ ފަރާތްތަކުން އަންނަނީ މީސްމީޑިއާގައި ތުހުމަތު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު