ބައިނަލްއަގްވާމީ ޔޯގާ ދުވަހާ ގުޅުވައިގެން، ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތް ކުރިއަށް ގެންދަނިކޮށް، އެ ތަނުގައި ހަމަނުޖެހުން އުފައްދަން ބަޔަކު ވެއްދީ އެކަން ޕީޕިއެމްގެ ބޮލުގައި އަޅުވަން ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެއެވެ.
ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތް ކުރިއަށް ގެންދަނިކޮށް، އެ ތަނުގައި ހަމަނުޖެހުން ހިންގަން ބަޔަކު ވެއްދީ ސަރުކާރުން ދުރާލައި ރާވައިގެން ކަމަށާއި އެކަންކުރީ ޕީޕިއެމްގެ ބޮލުގައި އެކަން އަޅުވައި އެޕާޓީ ބަދުނާމު ކުރުމަށް ކަމަށެވެ.
އަދުރޭ ވިދާޅުވީ އެ ހަމަނުޖެހުމުގައި ޕީޕީއެމްގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށެވެ.
ޔޫތު މިނިސްޓްރީ އާއި ރާއްޖޭގައި ހުންނަ އިންޑިއަން ކަލްޗަރަލް ސެންޓަރު ގުޅިގެން ބޭއްވި އެ ހަރަކާތަށް ހަމަނުޖެހުން ހިންގަން ވަން މީހުން ބައެއް އާލާތްތައް ގެންދިޔައީ ޕީޕީއެމްގެ އޮފީހުން ކަން އެނގިފައިވާ ކަމަށް ފުލުހުން ބުނެފައިވާތީ އަދުރޭ ވިދާޅުވީ އެއީ ދޮގު ވާހަކަތަކެއް ކަމަށެވެ. ފުލުހުން އާންމުކުރި މައުލޫމާތު އޭގެ ކުރިން އިންޑިއާގެ ނޫސްތަކުގައި އޮތް ކަމަށް ވެސް އަދުރޭ ފާހަގަކުރެއްވިއެވެ.
އަދުރޭ ވިދާޅުވީ އެފަދަ ހަރަކާތެއް ބަޔަކު ހިންގަން އުޅޭކަން އެނގި އެކަން ނުހުއްޓުވުމުން މި ސަރުކާރު ފެއިލްވެފައިވާ މިންވަރު ހާމަވެގެންދާ ކަމަށެވެ. އަދުރޭ ވަނީ އެމައްސަލައިގެ ތަހުގީގް އަވަސް ކުރުމަށް ގޮވާލައްވާފައެވެ.
"އިންޓެލް ލިބި މިކަން ނުހުއްޓުވުނީމަ މީގައި އަޅުގަނޑުމެންނަށް ދެންނެވިދާނެ މިއީ ސަރުކާރުން ގަސްދުގައި ރާވައިގެން ހިންގާފައި އޮތްކަމެކޭ ޕީޕިއެމްގެ ބޮލުގައި އަޅުވަން. މިހާރު ވެސް މާލަސްވެއްޖެ މިކަން ތަހުގީގް ކުރަން މިއީ ވަގުތުން ތަހުގީގް ކޮށް ފިޔަވަޅު އަޅަންޖެހޭ ކަމެއް. އަޅުގަނޑުމެންގެ ފަރާތުން ލިބެންޖެހޭ ހުރިހާ އެހީތެރިކަމަކާއި އެއްބާރުލުމެއް މި ތަހުގީގަށް ލިބޭނެ." އަދުރޭ ވިދާޅުވިއެވެ.
ބައިނަލްއަގްވާމީ ޔޯގާ ދުވަހާ ގުޅުވައިގެން، ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތް ކުރިއަށް ގެންދަނިކޮށް، އެތަނަށް ބަޔަކު ވަދެ ވަނީ ހަމަނުޖެހުން ހިންގައި ތަކެއްޗަށް ގެއްލުންދީ އެތަނުގައި ތިބި މީހުންނަށް ހަމަލާދީ މާރާމާރީ ހިންގާފައެވެ. އެހަމަނުޖެހުމާއި ގުޅިގެން ފުލުހުން ވަނީ ހަ މީހަކު ހައްޔަރުކޮށްފައެވެެ. ފުލުހުން ގެންދަނީ ސީރިއަސް މައްސަލަ އެއްގެ ގޮތުގައި އެމައްސަލަ ތަހުގީގް ކުރަމުންނެެވެ.

ކިޔުންތެރިންގެ ހިޔާލު