ރާއްޖޭގައި ކޮވިޑް-19 ފެތުރޭ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާތީ، ބަލިން ރައްކާތެރިވުމަށް ގިނަ ފިވަޅުތަކެއް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފިއެވެ.
އެޗްޕީއޭއިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކޮވިޑް ކޭސްތައް ފެންނަވަރު މި މަހުގެ ދެވަނަ ހަފްތާއާއި އަޅާބަލާއިރު މިމަހުގެ ތިންވަނަ ހަފްތާގައި ވަނީ 185 އިންސައްތަ މައްޗަށް ގޮސްފައިކަމަށާއި މިމަހު އެ ބަލީގައި 3 މީހަކު ނިޔާވެފައިވާ ކަމަށެވެ. އެހެންކަމުން ސްކޫލްތަކާއި އޮފީސްފަދަ ގިނަބަޔަކު އެއްވާ ތަންތަނުގައި މާސްކް އެޅުންފަދަ ގިނަ ކަންތައްތަކެއް ކުރުމަށް އެޗްޕިއޭއިންވަނީ އިލްތިމާސް ކޮށްފައެވެ.
އެޗްޕީއޭއިން އިލްތިމާސްކުރި ކަންކަން:-
- ގިނަ މީހުން އެއްވާ ތަންތަނާއި ބަންދު ތަންތަނުގައި މާސްކް އެޅުން، ހާއްސަކޮށް ހައިރިސްކް މީހުންނާއި ކުޑަކުދިން އެއްވާ ތަންތަނުގައި މާސްކް އެޅުން
- ސިއްހީ ހިދުމަތްދޭ ތަންތަނަށް ދާ ފަރާތްތަކާއި އެތަންތަނުގައި އުޅޭ ފަރާތްތަކުގެ ސަލާމަށްޓަކައި މާސްކް އެޅުމާއި ބަލިމީހުންނަށް ޒިޔާރަތް ކުރާ މިންވަރު މަދުކުރުން
- ކޮވިޑުގެ އަލާމާތެއް ހުރިނަމަ ގޭގައި މަޑުކުރުން އަދި އާންމު ތަންތަން ގަވައިދުން ޑިސްއިންފެކްޓް ކުރެވޭނެ ގޮތަށް އަދި އަތް ދޮވެވޭނެގޮތަށް އިންތިޒާމުތައް ހަމަޖެއްސުން
- ކޮވިޑުގެ ވެކްސިންތައް ފުރިހަމަ ކުރުމަށް ސަމާލުކަން ދިނުން
- ކޮންމެހެން ކުރަންޖެހިގެން ނޫނީ ދަތުރު ނުކުރުމަށާއި ދަތުރުކުރާ ގައުމު ނުވަތަ ރަށުގެ ކޮވިޑު ހާލަތު ދެނެގަތުން
- ދަތުރު ކުރުމުގެ ކުރިން ވެކްސިން ސެޓްފިކެޓް ހަދަންޖެހޭނަމަ ނުވަތަ ގެއްލިފައިވާނަމަ ކާޑު އަލުން ހަދަންޖެހޭނަމަ ދުރާލާ އެކަމަށް އެދުން
- ބަލީގެ އަލާމާތެއް ހުރިނަމަ ޓެސްޓްކޮށް ނަތީޖާ ލިބުމުން ނޫނީ ދަތުރު ނުކުރުން
- ރާއްޖޭން ބޭރަށް ދަތުރު ކުރުމުގެ ކުރިން އިންޝުއަރެންސް ނެގުން
- ކޮންމެހެން ބާއްވަންޖެހޭ ހަފްލާތައް ފިޔަވާ އެހެން ކަންކަން ލަސްކުރުން އަދި ކޮންމެހެން ބާއްވަންޖެހޭ ހަފްލާތައްވެސް ވީހާ މަދު މީހުން ބޭނުންކޮށްގެން ބޭއްވުން ނުވަތަ އޮންލައިންކޮށް ބޭއްވޭނެ އިންތިޒާމު ހަމަޖެއްސުން އަދި ރައްކާތެރިކަމުގެ ގޮތުން ކަނޑައެޅިފައިވާ ގައިޑްލައިންތަކަށް އަމަލު ކުރުން
- ހިތާނީތައް ބޭއްވުމުގައި ވެސް ގިނަ މީހުން އެއްފަހަރާ އެއް ނުވާގޮތަށް ރައްކާތެރިކަމާއެކު ބޭއްވުން އަދި އެކަމަށް އެޗްޕީއޭއިން އެކުލަވާލާފައިވާ ގައިޑުލައިނަށް ސަމާލުކަން ދިނުން.

ކޮވިޑް-19 ގެ ކޭސްތައް ރާއްޖޭގައި މަދުވެފައި އޮތުމަށްފަހު، އަނެއްކާވެސް އިތުރުވަމުންދާތީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ސަމާލުކަންދެއްވާ: https://t.co/jLgD64JAkO
— Health Protection Agency (@HPA_MV) June 21, 2022
- ރާއްޖޭން ބޭރަށް ދަތުރު ކުރުމުގެ ކުރިން އިންޝުއަރެންސް ނެގުން
- ކޮންމެހެން ބާއްވަންޖެހޭ ހަފްލާތައް ފިޔަވާ އެހެން ކަންކަން ލަސްކުރުން އަދި ކޮންމެހެން ބާއްވަންޖެހޭ ހަފްލާތައްވެސް ވީހާ މަދު މީހުން ބޭނުންކޮށްގެން ބޭއްވުން ނުވަތަ އޮންލައިންކޮށް ބޭއްވޭނެ އިންތިޒާމު ހަމަޖެއްސުން އަދި ރައްކާތެރިކަމުގެ ގޮތުން ކަނޑައެޅިފައިވާ ގައިޑްލައިންތަކަށް އަމަލު ކުރުން
- ހިތާނީތައް ބޭއްވުމުގައި ވެސް ގިނަ މީހުން އެއްފަހަރާ އެއް ނުވާގޮތަށް ރައްކާތެރިކަމާއެކު ބޭއްވުން އަދި އެކަމަށް އެޗްޕީއޭއިން އެކުލަވާލާފައިވާ ގައިޑުލައިނަށް ސަމާލުކަން ދިނުން.
ކިޔުންތެރިންގެ ހިޔާލު