މާލޭގެ ބޮޑު ސަރަހައްދަކުން މިރޭ ކަރަންޓު ކެނޑުނީ ޓްރާާންސްފޯމަރަކަށް ދިމާވި މައްސަލައަކާއި ގުޅިގެން ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނީމާާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވަނީ ސެންޓްރަލް ހޮޓަލުގައި ބަހައްޓާފައިވާ ޓްރާާންސްފޯމަރަކަށް ދިމާވި މައްސަލައަކާއި ގުޅިގެން ކަމަށެވެ. މިވަގުތު މާލެއަށް ކަރަންޓު ދެމުންދާ ފީޑަރުތަކުގެ ތެރެއިން ހަތަރު ފީޑަރެއް ނިވިފައިވާ ކަމަށާއި މާލޭގެ ކަރަންޓު ނެޓްވޯކް ސްޓޭބަލްް ކުރުމަށްޓަކައި އިތުރު ދެ ފީޑަރެއް ނިއްވާލަން ޖެހިފައިވާ ކަމަށް ސްޓެލްކޯ އިން ބުނެ އެވެ.
ސްޓެލްކޯއިން ބުނީ އެކަމާ ގުޅިގެން ހެންވޭރުގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑޭނެ ކަމަށެވެ. ސްޓެލްކޯ އިން ބުނީ ވީ އެންމެ އަވަހަކަށް ކަރަންޓު އަލުން ދިނުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުންދާ ކަމަށެވެ.
ސްޓެލްކޯ އިން ބުނީ ނިވިފައިވާ ފީޑަރުތަކުގެ ތެރެއިން ދެ ފީޑަރު ފިޔަވާ އެހެން ހުރިހާ ފީޑަރެއް މިހާރުވަނީ އެނަޖައިޒް ކުރެވި، ކަރަންޓުގެ ހިދުމަތް މެދުކެނޑުނު ބައެއް ހިސާބުތަކަށް އަލުން ކަރަންޓުދޭން ފަށާފައި ކަމަށެވެ.
މިރޭ އެންމެ ފުރަތަމަ ކަރަންޓު ދިޔައީ މާފަންނު ހިމެނޭ ސަރަހައްދުންނެވެެ. މީގެ މަހެއްހާ ދުވަސްކުރިން ވަނީ މުޅި މާލޭން ގިނަ އިރުތަކެއް ވަންދެން ކަރަންޓް ކަޑައިގެން ގޮސްފައެވެ. އެފަހަރު ކަރަންޓު ކެނޑުނީ ކަރަންޓު ދޭ މައި ކޭބަލަކަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު