ޕޯޗުގީޒުން ދިވެހިންގެ ކަރަށް ރާ އެޅިގޮތަށް، ހިންދޫއިންގެ ޘަޤާފަތެއް ފަތުރަން މަސައްކަތްކުރަމުންދާ ކަމަށް ގައުމީ ޔުނިވާސިޓީގެ ލެކްޗަރާ އަދި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ މެމްބަރު ޑރ. މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.
ޑރ. އިޔާޒު މިހެން ވިދާޅުވެފައި މިވަނީ ހިންދޫއިންގެ ތެރޭގައި ދީނީ އަޅުކަމެއްގެ ގޮތުގައި ބަލާ ޔޯގާގެ ހަރަކާތެއް އިއްޔެ ރާއްޖޭގައި ބޭއްވުމާއި ގުޅިގެން ބޮޑު މައްސަލަގަނޑެއް އުފެދި އެހަރަކާތް ހުއްޓުވަން ބަޔަކު ހަރުކަށި އަމަލުތަކެއް ހިންގި މައްސަލަ ބަލަން ފަށާފައި ވަނިކޮށެވެ.
ޑރ. އިޔާޒު ވިދާޅުވީ ޕޯޗުގީޒުން ގަދަކަމުން ދިވެހިންގެ ކަރަށް ބަނގުރާ އެޅިގޮތަށް ގަދަކަމުން ހިންދޫ ދީނުގެ ޘަޤާފަތެއް ދިވެހިންގެ ތެރޭގައި ފަތުރަން މަސައްކަތްކުރާކަމަށެވެ. އަދި އެއީ ބަލައިގަނެވޭނެކަމެއް ނޫންކަމަށާއި އެކަން ހުއްޓުވުމަކީ ދައުލަތުގެ އެންމެ އިސް އެއް ވާޖިބުކަމަށް އިޔާޒު ވިދާޅުވިއެވެ.
މާލޭގެ ރަސްމީ ބޯޅަދަނޑުގައި އިއްޔެ ބާއްވަން އުޅުނު ޔޯގާ ހަރަކާތް ހުއްޓުވުމަށް ބަޔަކު އެތަނަށް ވަދެ ވަނީ ހަމަނުޖެހުން ހިންގާފައެވެ. މި މައްސަލަ ބޮޑުވެފައިވާއިރު، ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވަނީ މިކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބައްލަވާނެކަމަށް ވިދާޅުވެފައިވެއެވެ. އަދި އެކަމަށް ވަޒީރުންގެ ހާއްސަ ކޮމިޓީއެއްވެސް ވަނީ އެކުލަވާލާފައެވެ.

ޕޯޗުކީޒުން ގަދަކަމުން ދިވެހިންގެ ކަރަށް ބަނގުރާ އެޅިގޮތަށް ގަދަކަމުން ހިންދޫ ދީނުގެ ޘަޤާފަތެއް ދިވެހިންގެ ތެރޭގައި ފަތުރަން މަސައްކަތްކުރާ ކުރުމަކީ ބަލައިގަނެވޭނެކަމެއް ނޫން. އެކަން ހުއްޓުވުމަކީ ދައުލަތުގެ އެންމެ އިސް އެއް ވާޖިބު.
— Dr.Mohamed Iyaz (@dr_iyaz) June 22, 2022
މާލޭގެ ރަސްމީ ބޯޅަދަނޑުގައި އިއްޔެ ބާއްވަން އުޅުނު ޔޯގާ ހަރަކާތް ހުއްޓުވުމަށް ބަޔަކު އެތަނަށް ވަދެ ވަނީ ހަމަނުޖެހުން ހިންގާފައެވެ. މި މައްސަލަ ބޮޑުވެފައިވާއިރު، ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވަނީ މިކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބައްލަވާނެކަމަށް ވިދާޅުވެފައިވެއެވެ. އަދި އެކަމަށް ވަޒީރުންގެ ހާއްސަ ކޮމިޓީއެއްވެސް ވަނީ އެކުލަވާލާފައެވެ.
ކިޔުންތެރިންގެ ހިޔާލު