އައްޑޫ ސިޓީ ހިތަދޫ ބަނދަރު ބޭނުން ކުރާ ފަރާތްތަކުގެ އަތުން ފީ ނެގުމުގެ އުސޫލު އާއްމުކޮށް، މިއަދުން ފެށިގެން އެ އުސޫލަށް އަމަލު ކުރަން ފަށައިފިއެވެ.
މި އުސޫލަކީ ކަނޑު ތޮށީގައްޔާއި އެއްގަމު ތޮށީގައި އުޅަނދު ފަހަރު އެއްސުމާއި، ފަޅުތެރޭގައި އުޅަނދުފަހަރު ދުއްވުމާއި އެޅުމާއި އެކަންކަމަށް ފީނެގުމާބެހޭ ޤަވާޢިދުގެ ދަށުން ހަދާފައިވާ އުސޫލެކެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނީ މިވަގުތު ފީ ނެގުމަށް ނިންމާފައިވަނީ އައްޑޫގެ އަވަށްތަކުގެ ތެރެއިން ހިތަދޫ އަވަށުގެ ބަނދަރުންކަމަށެވެ. އަދި މިއުސޫލު ތަންފީޒު ކުރުމަށް ހާބަރ އިންސްޕެކްޓަރުން ނެގުމުގެ މަސައްކަތްވެސް ސިޓީ ކައުންސިލުން ދަނީ ކުރަމުންނެވެ.
މި އުސޫލުގެ ދަށުން ފައްތިޔާލުމަށް ރަޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި 500ރ. ދައްކަން ޖެހޭނެއެވެ. އަދި ފީ ނަގާނީ އުޅަނދުގެ ކުޑަ ބޮޑު މިނަށް ބަލާފައެވެ. އެގޮތުން 29 ފޫޓުން ދަށުގެ އުޅަނދުތަކުން އަހަރަކު 250ރ، 39-59 ފޫޓާ ދެމެދުގެ އުޅަނދުތަކުން އަހަރަކަށް 500ރ، 60-99 ފޫޓާ ދެމެދުގެ އުޅަނދުތަކުން އަހަރަކު 750ރ އަދި 100 ފޫޓަށް ވުރެ ބޮޑު އުޅަނދުތަކުން އަހަރަކު 1،000ރ އެވެ.
މީގެ އިތުރުން އެއްގަމު ތޮށްޓަށް ދިގަށްވާ ގޮތަށް އުޅަނދުތައް އައްސާ ނަމަ އެކަމަށްވެސް ފީއެއް ދެއްކުމަށްފަހު ހުއްދަ ނަގަން ޖެހޭނެއެވެ. އަދި އެގޮތަށް ބާއްވާ އުޅަނދުތަކުން ގަޑިއަކަށް ވަކި ވަރެއް ނަގާނެއެވެ. މުދާ ބާލާ އުޅަނދުތަކުން ފީ ނަގާ ގޮތަށް ބަލާއިރު، 69 ފޫޓުން ދަށުގެ އުޅަނދުތަކުން ގަޑިއަކަށް 250ރ، 70-99 ފޫޓާ ދެމެދުގެ އުޅަނދުތަކުން ގަޑިއަކަށް 400ރ އަދި 100 ފޫޓަށް ވުރެ ދިގު އުޅަނދުތަކުން ގަޑިއަކަށް 1،000ރއެވެ.
އައްޑޫ ސިޓީ ކައުންސިލުގެ މި ނިންމުން ނިންމާފައިވަނީ މިއަހަރު ކުރީ ކޮޅު މިކަމާއި މެދު ރައްޔިތުންގެ ޚިޔާލު ހުށަހެޅުމަށް ފުރުސަތު ހުޅުވާލުމަށްފަހުއެވެ.

ކިޔުންތެރިންގެ ހިޔާލު