ކުޑަކުއްޖަކަށް ޖިންސީގޯނާކުރި މީހަކު 57 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފިއެވެ.
ވ. އަތޮޅު ރަށަކަށް ނިސްބަތްވާ މީހަކު އާއިލާގެ ކުޑަކުއްޖަކަށް ޖިންސީ މަންޒަރުތަކެއް ދައްކައި އެ ކުއްޖާއާ މެދު ޖިންސީ އަމަލު ހިންގި ކަމަށް ބުނެ 2019 ވަނަ އަހަރު ދައުލަތުން އެމީހާގެ މައްޗަށް ފަސް ދައުވާއެއް އުފުލިއެވެ. އޭގެ ތެރެއިން ތިން ދައުވާއެއް ސާބިތުވާ ކަމަށް ނިންމައި ކްރިމިނަލް ކޯޓުން އިއްޔެވަނީ އެމީހާ 57 އަހަރަށް ޖަލަށްލާން ޙުކުމް ކޮށްފައެވެ.
ދަޢުލަތުން އުފުލި ދަޢުވާތަކުގެ ތެރެއިން އޭނާގެ މައްޗަށް ސާބިތުވެފައިވާ ފުރަތަމަ ދަޢުވާއަކީ އާއިލާގެ މެންބަރަކު އާއިލާގެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށެވެ. އެ ދަޢުވާގެ އަދަބަކީ 25 އަހަރަށް ޖަލަށް ލުމެވެ. ހަމައެއާއެކު އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު، ޖިންސީ އަމަލެއް ބަޔަކު ހިންގާ މަންޒަރު އެކުޑަ ކުއްޖާއަށް ދެއްކުމުގެ ކުށް ސާބިތުވުމުން 15 އަހަރުގެ ޖަލު ހުކުމެއްވެސް އޭނާއަށް އިއްވާފައިވެއެވެ.
އޭގެއިތުރުން އިތުބާރުކުރަން ޖެހޭ މަގާމެއްގައި ހުރި މީހަކު އެ ކުޑަކުއްޖާގެ ހާޒިރުގައި، އެކުއްޖާއަށް ދެއްކުމުގެ މަގުސަދުގައި ޖިންސީ އަމަލެއް ހިންގާފައިވާކަން ސާބިތުވެ 17 އަހަރުގެ ޖަލު ހުކުމެއްވެސް ކްރިމިނަލްކޯޓުން ވަނީ އިއްވާފައެވެ.
ދަޢުލަތުން އެމީހާގެ މައްޗަށް ކޮށްފައިވާ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލުމުގެ ދައުވާއާއި އޮރިޔާންކާޑު ގެންގުޅުމުގެ ދައުވާ ސާބިތު ވެފައެއް ނުވެއެވެ.
މަޢުލޫމާތު ލިބިފައިވާގޮތުގައި ދެބައި އުމުރުގެ އެ ފިރިހެން މީހާ ޖިންސީ ގޯނާކޮށް ޖިންސީ މަންޒަރުތައް ދައްކާފައިވަނީ އޭނާ އޭރު ކައިވެނިކޮށްގެން އުޅުނު އަންހެން މީހާގެ 18 އަހަރުން ދަށުގެ އަންހެން ކޮއްކޮއަކަށެވެ.
ކްރިމިނަލް ކޯޓުގެ ޙުކުމުގައިވަނީ މި މައްސަލައާ ގުޅިގެން އޭނާ ދެ އަހަރާއި ނުވަ މަހާއި ދެ ދުވަސް ބަންދުގައި ހޭދަކޮށްފައިވާތީ، އެ މުއްދަތު އޭނާ ޖަލުގައި ހޭދަ ކުރަން ޖެހޭ މުއްދަތުން އުނިވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު