އަހުމަދު މަސްނޫމް   22 ޖޫން 2022 - 19:22
މުހައްމަދު މާހިރު ދީދީ އަވަހާރަވެއްޖެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމުގައި ގިނަ މަސައްކަތްޕުޅުތަކެއް ކުރެއްވި ޔުނިވާސަލް އެންޓަޕްރައިޒަސްގެ އެއް ހިއްސާދާރު، މުހައްމަދު މާހިރު ދީދީ (މުހައްމައިދީ) އަވަހާރަވީ މިއަދުގެ ވަގުތެއްގައެވެ.

މުހައްމަދު މާހިރު ދީދީ އަވަހަރާވީ އާލާސްކަންފުޅަކަށް މެލޭޝިއާގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.



މުހައްމަދު މާހިރު ދީދީއަކީ ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ފަރަހަނާޒްގެ ބޭބޭފުޅެކެވެ. އަދި އިސްމާއިލް ނޫރައްދީނާއި މަރިޔަމް ނޫރައްދީނާއި އައިޝަތު ނޫރައްދީން އަދި ހަދީޖާ ނޫރައްދީނާ އެއްބަނޑު ބޭފުޅެކެވެ.

މުހައްމައިދީގެ ބައްޕާފުޅަކީ އަބްދުލް މަޖީދު މާހިރެވެ.



ކިޔުންތެރިންގެ ހިޔާލު