މާލެ ކައިރީގައި "ފްލޯޓިން ސިޓީ" އެއް ތަރައްގީ ކުރުމަށް ހޮލެންޑުގެ ޑޮކްލޭންޑް އިންޓަނޭޝަނަލްއާއި ހަވާލު ކޮށްފައިވާ މަޝްރޫއު ހުއްޓުވަން މަސައްކަތް ކޮށްފައި ނުވާނެކަމަށް އެންވާރަމެންޓް މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝައުނާ މިފަދައިން ވިދާޅުވީ، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕްގައި މިއަދު ހިނގި ބަހުސެއްގެ ތެރޭގައި ރައީސް ނަޝީދު ކުރެއްވި ތުހުމަތަކަށް ރައްދު ދެއްވަމުންނެވެ. މިއަދު ހިނގި ބަހުސްގެ ތެރޭގައި، ފްލޯޓިން ސިޓީ ޕްރޮޖެކްޓް ހުއްޓުވާފައިވާ ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވަނީ ސަރުކާރަށް ތުހުމަތުތަކެއް ކުރައްވާފައެވެ. އަދި އެ ޕްރޮޖެކްޓް ހިންގިޔަ ނުދިނުމަށް ހުރަސްއަޅަނީ އެ ޕްރޮޖެކްޓަކީ ރައީސް ނަޝީދުގެ ނަން ހިމެނޭ ޕްރޮޖެކްޓަކަށް ވާތީ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެ ވާހަކައިގެ ތެރެއިން، އެކަން ހުއްޓުވަން އިކޮނޮމިކް ކައުންސިލްގައި ޝައުނާ ވެސް ވޯޓު ދެއްވި ކަމަށް ގްރޫޕްގައި ރައީސް ނަޝީދު ތުހުމަތު ކުރެއްވިއެވެ. އަދި އެ ކައުންސިލްގެ ޖަލްސާގެ ޔައުމިއްޔާ ހޯއްދަވަން ގަސްދު ކުރައްވާ ކަމަށާއި، އެމަނިކުފާނަށް އެނގިވަޑައިގެންފައިވާ ގޮތުގައި ޝައުނާ ވޯޓު ދެއްވީ އެކަން ހުއްޓުވަން ކަމަށް ރައީސް ނަޝީދުވަނީ ވިދާޅުވެފައެވެ.
ރައީސް ނަޝީދުގެ އެތުހުމަތަށް ރައްދު ދެއްވަމުން ޝައުނާ ވިދާޅުވީ، އިކޮނޮމިކް ކައުންސިލްގެ ޖަލްސާގެ ޔައުމިއްޔާ ހޯއްދެވުމަކީ އޭނާ މަރުހަބާ ވިދާޅުވާ ކަމެއްކަމަށެވެ. އަދި އެ ކައުންސިލްގައި މި މައްސަލާގައި މަޝްވަރާ ކުރެވުނުއިރު، ޝައުނާގެވެސް ހިޔާލު ދެއްވާފައިވާނޭކަމަށާއި އެކަން ހުއްޓުވަން ވޯޓު ދެއްވާފައި ނުވާނޭ ކަމަށެވެ. އަދި އޭނާ އެޚިޔާލު ދެއްވީ އެއްވެސް ހާލެއްގައި ސިޔާސީ ނަޒަރަކުން ނޫނީ ސިޔާސީ ވިސްނުމެއްގައި ނޫން ކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް ނަޝީދަށް އެނގިވަޑައިގެންފައިވާ މައުލޫމާތަކީ ސައްހަ ނޫން މައުލޫމާތެއްކަމަށް ވިދާޅުވަމުން، ޝައުނާ ވިދާޅުވީ، ކަންކަމުގައި ހިޔާލު ތަފާތުވުމަކީ އޮންނަކަމެއް ކަމަށާ، ނަމަވެސް ރަނގަޅު ތެދު މައުލޫމާތުގައި ހިފުމަކީ ވެސް މުހިންމު ކަމެއްކަމަށެވެ.
ޝައުނާގެ މި ވާހަކަތަކަށް އަނެއްކާވެސް ރައީސް ނަޝީދު ރައްދު ދެއްވީ ސިޔާސީ މޭރުމަކުންނެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ، ރައީސް ޞާލިޙް ރުއްސުމަށް ކަންކަން ކުރުމަކީ ޝައުނާގެ އުފަލެއްކަން ގަބޫލު ކުރައްވާ ކަމަށާ، ނަމަވެސް، ޕްރޮޖެކްޓްތައް ހުއްޓޭ ސަބަބު އާންމު ރައްޔިތުންނަށް އެނގެން ޖެހޭކަމަށެވެ.
ފްލޯޓިން ސިޓީ މަޝްރޫއު ހިންގަން އެންމެ ފުރަތަމަ ސޮއިކޮށްފައިވަނީ ރައީސް ނަޝީދުގެ ވެރިކަމުގައި ޖެނުއަރީ 2011 ގައެވެ. މި މަޝްރޫއު ހިންގަން ދޫކޮށްފައިވަނީ 7 އާއި 9 އަދި 19، 17 އަދި 37 ނަމްބަރު ފަޅެވެ. އިކޮނަމިކް މިނިސްޓަރ މިއަދު ވިދާޅުވެފައިވަނީ މިއީ މުޅިންވެސް ހިލޭ ދީފައިވާ ފަޅުތަކެއް ކަމަށެވެ.
މި މައުޟޫގައި މިއަދު ދެކެވުނު ވާހަކަތަކުގެ ތެރޭގައި، އެ ޕްރޮޖެކްޓަކީ، ބޮޑެތި އޮޅުވާލުންތަކެއް ހިނގާފައިވާ ޕްރޮޖެކްޓެއްކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްވަނީ ވިދާޅުވެފައެވެ. އެގޮތުން، އެ ޕްރޮޖެކްޓަށް ދިން ބައެއް ފަޅުތައް އެ ކުންފުނިން މިހާރު ވިއްކާލާފައިވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު