ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން
ސަރުކާރުން ކުރިޔަށް ގެންދަން މަސައްކަތްކުރި ފްލޯޓިން ސިޓީ ޕްރޮޖެކްޓަށް ރަށްތައް ދިން މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން، ބޮޑު ޖަރީމާއެއްގެ ގޮތުގައި ސިފަ ކުރައްވައިފިއެވެ.

ޢަލީ މިފަދައިން ވިދާޅުވީ، މި ޕްރޮޖެކްޓާއި ގުޅޭގޮތުން ސަރުކާރަށް ތުހުމަތުތަކެއްކޮށް ރައީސް މުޙައްމަދު ނަޝީދު، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕްގައި ލިޔުއްވި މެސެޖުތަކަކާއި ގުޅިގެން ހިނގި ބަހުސަށް އަމާޒުކުރަށްވައެވެ.

މިއަދު ލީކުވި އެ ގްރޫޕްގެ ސްކްރީންޝޮޓްތަކުގައިވާ ގޮތުން، އެ ޕްރޮޖެކްޓަކީ ރައީސް ނަޝީދުގެ ބައިވެރިވުން އޮތް ޕްރޮޖެކްޓެއްކަމުން އެ މަސައްކަތް ހުއްޓުވަން ސަރުކާރުން މަސައްކަތް ކުރާކަމަށް ރައީސް ނަޝީދު ތުހުމަތު ކުރައްވައެވެ. ނަމަވެސް، ރައީސް ނަޝީދަށް ރައްދު ދެއްވަމުން، އެ ޕްރޮޖެކްޓަކީ ބޮޑު ސްކޭމެއް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާޢީލް މިއަދުވަނީ ވިދާޅުވެފައެވެ. އަދި އެ ޕްރޮޖެކްޓް ހަވާލުކުރި ހޮލެންޑުގެ ޑޮކްލޭންޑް އިންޓަނޭޝަނަލަށް ދިން ފަޅުތަކުގެ ތެރެއިން 3 ފަޅެއް އެމީހުން ވިއްކާލާފައިވާކަމަށް މިނިސްޓަރުވަނީ ވިދާޅުވެފައެވެ.

މިކަމާއި ގުޅޭގޮތުން ޢަލީ ޙުސައިން މިއަދު ވިދާޅުވީ، އެކުއިޒިޝަން ކޮސްޓެއްނެތި ޑަޗް ޑޮކްލޭންޑަށް މާލެއަތޮޅުން ފަޅުތަކެއް ދިނުމަކީ ބޮޑު ޖަރީމާއެއް ކަމަށެވެ. އަދި އެފަޅުތައް އެހެންފަރާތަކަށް ވިއްކާލުމުގެ ފުރުސަތުދިން މައްސަލަ ސީރިއަސްކޮށް ބަލާ، އެކަމުން ނާޖާއިޒު ފައިދާ ހޯދައިދިން މީހުންނަށާއި އަދި ނާޖާއިޒު ފައިދާ ލިބުނުމީހުން ގާނޫނާ ކުރިމަތިލާންޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.



މި ޕްރޮޖެކްޓާއި ގުޅޭ އެހެން މައްސަލަތަކެއްވެސް ހިމެނޭތީ، އެކަމާ އިކޮނޮމިކް ކައުންސިލްގައި މަޝްވަރާ ކުރިކަން ވެސް މިއަދުވަނީ ހާމަވެފައެވެ. 2011 ވަނަ އަހަރުއްސުރެ ހިންގަން މަސައްކަތް ކުރާ އެ ޕްރޮޖެކްޓްގެ އަމަލީ މަސައްކަތެއް މިހާތަނަށް ފެށިފައިނުވާކަން ފާހަގަ ކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން