ހުޅުމާލޭ ފޭސް 2ގެ ފަޅުތެރޭގައި ފޮއްޓަކަށް ލާފައި އޮއްވާ ފެނުނު 13 އަހަރުގެ ކުއްޖާގެ މަރުގެ މައްސަލާގައި، ކުށް ސާބިތުވި 17 އަހަރުގެ ކުއްޖާ ޖަލަށްލުމަށް ޖުވެނައިލް ކޯޓުން ހުކުމްކޮށްފިއެވެ.
ކުޑަ ފިރިހެންކުއްޖަކު މަރާލުމަށްފަހު، ފޮއްޓަކަށްލައި އެއްލާލައިފައިއޮއްވާ ފެނުނީ ހުޅުމާލޭ ދެވަނަ ފޭސްގެ މޫދުންނެވެ. ރަހީނުކޮށް މަރައިލުމަށްފަހު ހުޅުމާލޭ މޫދަށް އެއްލާލާފައި އޮއްވާ އެކުއްޖާ ފެނިފައިވަނީ 22 ޖޫން 2021 ދުވަހުގެރޭ މެންދަމު 2:38 އެހާކަންހާއިރުއެވެ.
މިމައްސަލައިގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރީ ނ. ލަންދޫ، ބަގީޗާގޭ އިބްރާހިމް ޒިހާނު (27އ) އާއި 17 އަހަރުގެ ކުއްޖެކެވެ.
މައްސަލާގައި ކޯޓުން މިއަދު ނިންމާފައިވަނީ، ގަސްދުގައި މީހަކު މެރުމާއި، ހުއްދަނޫން ގޮތުގައި މީހަކު ހިފެހެއްޓުމުގެ އިތުރުން މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރިކަމުގެ ދައުވާ 17 އަހަރުގެ ކުއްޖާގެ މައްޗަށް ސާބިތުވާ ކަމަށެވެ.
އެހެންކަމުން ގަސްދުގައި މީހަކު މެރުމުގެ ކުށަށް 16 އަހަރަށްވުރެ ދިގު މުއްދަތެއްގެ ބަންދެއް ކަނޑައެޅި ނަމަވެސް، ކުރިން ބަންދުގައި ހޭދަކުރި ދުވަސްތައް އުނިކުރުމުން މިހާރު ތަންފީޒުކުރަން ޖެހޭނީ 12 އަހަރާއި 4 މަސް އަދި 5 ދުވަހުގެ ބަންދެއް ކަމަށް ކޯޓުގެ ޙުކުމްގައި ވެއެވެ. މީގެ އިތުރުން ކައްފާރާގެ ގޮތުގައި ވިދިވިދިގެން 2 މަސް ދުވަހު ރޯދަ ހިފުމަށްވެސް ވަނީ އަމުރުކޮށްފައެވެ.
އޭގެއިތުރުން މީހަކު ހިފެހެއްޓި މައްސަލާގައި 11 މަހުގެ ބަންދެއް އަދި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރި މައްސަލާގައި 18 ދުވަހުގެ ބަންދެއް ވަނީ ކަނޑައަޅާފައެވެ.
މި މައްސަލާގައި ދެން ދައުވާ ލިބޭ ނ. ލަންދޫ، ބަގީޗާގެ، އިބްރާހީމް ޒިހާންގެ މައްސަލާގައި ކްރިމިނަލް ކޯޓުގައި ކުރިއަށްދަނީ ހެކިބަސް ނެގުމުގެ މަރުހަލާއެވެ.
ޒިހާންގެ މައްޗަށް 7 ބާވަތެއްގެ 13 ދައުވާއެއް ދަޢުލަތުން ވަނީ އުފުލާފައެވެ. އެއީ ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި، ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލުމުގެ ފަސް ދައުވާ އަކާއި، ކުުޑަކުއްޖަކަށް މަސްތުވާ އެއްޗެއް ދީގެން އެ ކުއްޖާއާއެކު ޖިންސީ ގުޅުން ހިންގުމުގެ ދައުވާ އާއި، ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމަށްޓަކައި ކުއްޖާ ގްރޫމްކުރުމުގެ ދައުވާ އާއި، ހުއްދަނޫން ގޮތުގައި މީހަކު ހިފެހެއްޓުމުގެ ދައުވާ އާއި، މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ދައުވާ އާއި، ޖިނާއީ ކުށެއްކުރުމުގައި ކުޑަކުއްޖަކު ބޭނުންކުރުމުގެ ދައުވާ އެވެ.
މިދައުވާތައް ސާބިތުވެއްޖެ ނަމަ އޭނާއަށް 100 އަހަރަށްވުރެ ދިގު މުއްދަތުގެ ޖަލު ހުކުމެއް އައުން އެކަށީގެންވާކަމަށް ޕީޖީ ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު