ސަރުކާރުގެ އިޖުތިމާއީ ބޯހިޔާވަހިކަމުގެ ދަށުން، ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ ސޯޝަލް ހައުސިން ޔުނިޓުތަކުގެ ތެރެެއިން ބިދޭސީންނަށް ކުއްޔަށްދީފައިވާ ފުލެޓްތައް ހުސްކުރަން އަންގައިފިއެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އިން، ބޯހިޔާވަހިކަމުގެ އެންމެ ބޮޑު އެހީތެރިކަމަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް ދޫކޮށްފައިވާ ފްލެޓުތަކުގައި އެ ފްލެޓުތަކުގެ ވެރިން ދިރިއުޅުމުގެ ބަދަލުގައި، ބިދޭސީންނަށް ކުއްޔަށް ދޫކޮށްފައިވާ މައްސަލައާ ގުޅިގެން ގިނަ ބަޔެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އެޗްޑީސީން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެކަން އެ ކޯޕަރޭޝަންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. މިކަމަކީ ގަވާއިދާ ޚިލާފަށް ކުރަމުންދާ ކަމެއްކަން ފާހަގަކޮށް ބިދޭސީންނަށް ކުއްޔަށް ދޫކޮށްފައިވާ ސޯޝަލް ހައުސިންގ ފްލެޓުތައް އަންނަ މަހުގެ ތިންވަނަ ދުވަހުގެ ކުރިން ހުސްކުރުމަށް އެޗް.ޑީ.ސީ. އިން ވަނީ އަންގާފައެވެ.
އަދި އެ ތާރީޚުގެ ފަހުން، ބިދޭސީންނަށް ކުއްޔަށް ދޫކޮށްފައިވާ ސޯޝަލް ހައުސިންގ ފްލެޓުތަކުގެ ވެރިންނާ އެޗް.ޑީ.ސީ.އާ ދެމެދު ސޮއިކޮށްފައިވާ ފްލެޓު އެއްބަސްވުން ބާތިލުކުރާނެ ކަމުގެ އިންޒާރު ވެސް އެ ކޯޕަރޭޝަނުން ވަނީ ދީފައެވެ.
ސޯޝަލް ހައުސިންގ ފްލެޓުތަކުގެ ތެރެއިން ބިދޭސީންނަށް ފްލެޓުތައް ކުއްޔަށް ދޫކުރާ މައްސަލަ އެންމެ ބޮޑަށް ފެންމަތިވެފައިވަނީ ހުޅުމާލެ ފޭސް 2 ގެ ހިޔާ ޓަވަރުތަކުގައި ކަން ފާހަގަކުރެވެއެވެ. އެގޮތުން ދެ ކޮޓަރީގެ އެ އެޕާޓްމަންޓުތަކުގައި އާދަޔާ ޚިލާފަށް ގިނަ އަދަދަކަށް ބިދޭސީން ދިރިއުޅޭތީ އުނދަގޫތަކާ ކުރިމަތިވެފައިވާ ކަމަށް ބުނެ ބައެއް މީހުން ވަނީ ޝޯޝަލް މީޑިޔާގައި ކަންބޮޑުވުން ފާޅުކޮށްފައެވެ.
ސަރުކާރުން ހިންގާ އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ލިބޭ ހައުސިންގ ޔުނިޓުތައް ބޮޑު އަގުގައި ކުއްޔަށްދޭ މައްސަލައަކީ ދޭތެރެއަކުން ފެންމަތިވާ ކަމެކެވެ.
މިކަމާ ގުޅިގެން އެޗް.ޑީ.ސީ.އިން މީގެ ކުރިން ވެސް ބުނެފައިވަނީ، ސޯޝަލް ހައުސިންގ ސްކީމަކީ ބޯހިޔާވަހިކަމުގެ ތަނަވަސްކަން ނެތް ފަރާތްތަކަށް، އަތްފޯރާ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށާއި، އެހެންކަމުން އެ ފްލެޓުތައް އެހެން ފަރާތަކަށް ކުއްޔަށް ދިނުމަކީ އެޗް.ޑީ.ސީ.އާއި ފްލެޓު ލިބިފައިވާ ފަރާތާ ދެމެދު ހަދާފައިވާ އެއްބަސްވުމާ ޚިލާފު ކަމެއް ކަމަށެވެ.
އެއްބަސްވުމާ ޚިލާފަށް އެހެން ފަރާތަކަށް ކުއްޔަށް ދޫކޮށްފައިވާ ނަމަ، އެފަދަ ފަރާތްތަކާ މެދު އެއްބަސްވުމުގައި ކަނޑައަޅާފައިވާ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް އެޗް.ޑީ.ސީ.އިން ވަނީ ދީފައެވެ.
ހައުސިންގ މިނިސްޓްރީން، 2022 ވަނަ އަހަރު ގެޒެޓުކުރި އިޖުތިމާއީ ބޯހިޔާވަހިކަމުން ލިބޭ ތަންތަން ކުއްޔަށް ދިނުމުގައި އަމަލުކުރާނެ ގަވާއިދުގައި ބުނާގޮތުން އެފަދަ މަޝްރޫއަކުން ލިބޭ މުޅި އެޕާޓްމަންޓެއް ކުއްޔަށް ނުދެވޭނެއެވެ. ނަމަވެސް، އެޕާޓްމަންޓެއްގެ ތެރެއިން ކޮޓަރިއެއް ކުއްޔަށް ދޫކުރެވިދާނެ ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު