މި ގައުމު މިއޮތް ދަތި އުނދަގޫ ހާލަތު ފާހަގަކުރަށްވާ ގައުމު ސަލާމަތް ކުރަން ބުރަ މަސައްކަތެއް ކުރަން ޖެހޭ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ރާއްޖެގެ މީޑިއާއެއްގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ އުންމީދަކީ ގައުމު މިހާރު މިއޮތް ހާލަތުން އަރައިގަތުމަށްޓަކައި ކުރީގެ ރައީސުން ވެސް ގުޅިވަޑައިގެން މި މަސައްކަތް ކުރެއްވުން ކަމަށެވެ.

"ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ރައީސް ނަޝީދު އަކީ މަދަރުސީ ދައުރުން ފެށިގެން ވެސް އެކުގައި އިސްލާހީ މަސައްކަތް ކުރެއްވި ދެބޭފުޅުން, ވަކިވި ނަމަވެސް މިހާރު އެ ދެ ބޭފުޅުން އެކުގައި މަސައްކަތް ކުރައްވާނެ." މާރިޔާ ވިދާޅުވިއެވެ.

އަދި މިދުވަސްތައް ވެގެން ދަނީ ވަރަށް އުންމީދީ ދުވަސްތަކެއްގެ ގޮތުގައި ކަމަށާއި އެހެންކަމުން އެމްޑީޕީ މެންބަރުން އުފާ ކުރަންޖެހޭކަން މާރިޔާ ފާހަގަ ކުރެއްވިއެވެ.

"ގައުމު މިއޮތް ދަތި އުނދަގޫ ހާލަތުގައި ގައުމު ސަލާމަތް ކުރަން ބުރަ މަސައްކަތެއް ކުރަން ޖެހޭ" މާރިޔާ ވިދާޅުވިއެވެ.

މާރިޔާ މިހެން ވިދާޅުވެފައިވާއިރު ދުވަސްތަކަކަށް ފަހު ހިޔާލު ތަފާތުވުންތައް އެއްކިބާކޮށް ރައީސް ސޯލިހާއި ރައީސް ނަޝީދު ވަނީ އެކުގައި މަސައްކަތް ކުރަށްވާނެކަން ހާމަ ކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު