އެމް.ޑީ.ޕީގެ ކުރީގެ ޗެއަރޕާސަން އަދި ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ، އެ ޕާޓީން ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން، ރޭގަނޑު ހޯމް މިނިސްޓަރުގެ އިސްތިއުފާއަށް ގޮވާލުމަށްފަހު ދުވާލު ނުކުމެ ވަޒީރުންނަށް ރުހުން ދިނުމުގެ ސަބަބުން ސިޔާސީ ގޮތުންނާއި ބައިނަލްއަޤްވާމީ މައިދާނުގައި އިދިކޮޅުގެ ބާރު ކެނޑިފައިވާ ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
މާރިޔާ ވިދާޅުވީ، މުޒާހަރާތަކުގެ ބެރިކޭޑުތައް ކައިރީގައި ފުލުހުން އެއްވެސް ބިރެއް ނެތް ފަދަ ގޮތަކަށް، ހިނިތުންވުމާއެކު ހަމަޖެހިލައިގެން ތިބެނީ އެމީހުންނަށް އެއްވެސް ނުރައްކަލެއް ނެތްކަން ކޮންމެވެސް ގޮތަކުން އެނގޭތީ ކަމަށެވެ. އަދި ފުލުހުން އެގޮތަށް ހާސްކަމެއް ނެތި ތިބޭ ސަބަބު ރޭކާލީ، މަޖިލީހުގެ ދެ ބޭފުޅަކު ފިޔަވައި އެހެން ހުރިހާ މެންބަރުން ނުކުމެ ވަޒީރުންނަށް ރުހުން ދިނުމާ ގުޅިގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޕާޓީގެ އެތެރޭގެ ހިންގުމަށް އަލިއަޅުއްވާލައްވަމުން މާރިޔާ ވިދާޅުވީ، ގައުމީ މަޖިލީހާއި ޕާލިމަންޓަރީ ގްރޫޕުގައި ދެ ދައުރު ވަންދެން އިންނެވި މެންބަރަކު، ކަންކަން ގޯސްކޮށް ދިޔައިރުވެސް ޕާޓީގެ ރަސްމީ ގްރޫޕެއްގައި އެއްވެސް އެއްޗެއް ލިޔުއްވާފައި ނުވާތީ ހިތާމަކުރައްވާ ކަމަށެވެ.
އަދި ޕާޓީއަށް ދެރަވާނެ ފަދަ ގޮތަކަށް ނިންމުންތައް ނިންމެވިއިރު، އޭގެ ސަބަބުން ނިކުމެދާނެ ނަތީޖާއަކަށް އެބޭފުޅުންނަށް ވިސްނިވަޑައިނުގެންނެވީތީ އެކަމާ ސުވާލު އުފެއްދެވިއެވެ. މީގެ އިތުރުން، 'އަދަދު' ނޫހުން ބައެއް ކަންކަން ފާހަގަކޮށް ރިޕޯޓުކުރާތާ ދުވަސްތަކެއް ވެފައިވީ ނަމަވެސް، އެކަމަށް އެކަށީގެންވާ ސަމާލުކަމެއް ދެވިފައި ނުވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން މާރިޔާ ވިދާޅުވީ، މަޖިލީހުގެ މެޖޯރިޓީ އިދިކޮޅަށް އޮވެމެ، ކޮންމެ ރެއަކު ސޯފާގައި ތިބެގެން ނުވަތަ ޕެޕަރ ސްޕްރޭއާ ކުރިމަތިލާން ޖެހޭ ފަދަ މުޒާހަރާތަކަށް ނުކުމެވޭނެ މަގެއް މިހާރު ނެތް ކަމަށެވެ.
ސަބަބަކީ އަމިއްލައަށް ވަޒީރުންނަށް ރުހުން ދިނުމަށްފަހު، ބޭރުގެ ފަރާތްތަކުގެ ކުރިމަތީގައި މިއީ "އަނިޔާވެރި" ސަރުކާރެއް ކަމަށް ބުނެ ވަކާލާތު ކުރުމުގެ ޙުއްޖަތް މިހާރު ގެއްލިފައިވުމެވެ.

ކިޔުންތެރިންގެ ހިޔާލު