ތަޖުރިބާއެއް ނެތް ޒުވާނުންނާ މުހިންމު މަސްއޫލިއްޔަތުތައް ހަވާލުކުރުމުގެ ބަދަލުގައި، މިވަގުތު ގައުމަށާއި ޕާޓީއަށް އެންމެ ފައިދާހުރި ގޮތަކީ އެ ޒިންމާތައް ކުރީގެ ރައީސް މުހައްމަދު ނަޝީދާ ހަވާލުކުރުން ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަގާމަށް ވާދަކުރައްވާ ރައީސް ނަޝީދުގެ ކެމްޕޭން ޖަލްސާއެއްގައި ވާހަކަދައްކަވަމުން މާރިޔާ ވިދާޅުވީ، މިވަގުތަކީ އެމްޑީޕީ ފަދަ ބޮޑު ސިޔާސީ ހަރަކާތަކަށް ވަރުގަދަ އަދި ސާބިތު ލީޑާޝިޕެއް އިންތިހާއަށް ބޭނުންވެފައިވާ ދަނޑިވަޅެއް ކަމަށެވެ.
މާރިޔާގެ ވާހަކަފުޅުގައި އެމްޑީޕީގެ އެތެރޭގެ މަސްރަހަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރެއްވި އެވެ. އެގޮތުން ޕާޓީގެ ތެރޭގައި "ބުރަކަށީގައި ވަޅިޖެހުމުގެ" ހިތާމަވެރި ސަގާފަތެއް އުފެދެމުންދާ ކަމަށް ވިދާޅުވެ، އެކަމާ މެދު ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
އަދި ޕާޓީގެ ވިސްނުން ބަދަލުވަމުންދާކަން ފާހަގަކުރައްވައި، އެމްޑީޕީ އަލުން އަނބުރާ ކުރީގެ "ބޮޑު ބަދަލު" ގެ ރޫހަށް ރުޖޫއަވާންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން، ޕާޓީގެ ޕާލިމަންޓްރީ ގްރޫޕުގެ މުއާމަލާތްތައް ވަރަށް ބޮޑަށް ހީނަރުވެފައިވާ ކަމަށާއި، މަޖިލިސް މެންބަރުންނަށްވެސް ގްރޫޕުގެ ނިންމުންތައް ނޭނގޭ މިންވަރަށް ކަންކަން ގޮސްފައިވާ ކަމަށް މާރިޔާ ތުހުމަތުކުރެއްވި އެވެ.
އޭނާ ވިދާޅުވީ ޕާލިމަންޓްރީ ގްރޫޕެއް އޮންނަކަންވެސް ގިނަ ބަޔަކަށް އެނގުނީ ރައީސް ނަޝީދު އިސްނަންގަވައިގެން މަސައްކަތްތަކެއް ފެއްޓެވުމުން ކަމަށެވެ.
ޒުވާން ޖީލުގެ ސިޔާސީ ހޭލުންތެރިކަމާ މެދު ވާހަކަދައްކަވަމުން މާރިޔާ ފާހަގަކުރެއްވީ، މީގެ ކުރީގެ އަހަރުތަކާ އަޅާބަލާއިރު މިހާރުގެ ޒުވާނުން މަޖިލީހުގެ ކަންކަމަށް ދޭ ސަމާލުކަން ކުޑަވެފައިވާ ކަމަށެވެ.
އެހެންކަމުން، މިފަދަ ނާޒުކު ވަގުތެއްގައި ތަޖުރިބާއެއް ނެތް ޒުވާން ބޭފުޅަކާ ޕާޓީގެ ޒަޢާމަތް ހަވާލުކުރުމަކީ ބުއްދިވެރި ގޮތެއް ނޫން ކަމަށް އޭނާ ވަކާލާތު ކުރެއްވި އެވެ. ހާއްސަކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުން ވަކިކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެތީ، އެފަދަ ބޮޑު ސިޔާސީ ގޮންޖެހުމަކާ ކުރިމަތިލުމަށް ބޭނުންވަނީ ރައީސް ނަޝީދު ފަދަ ސިޔާސީ އުކުޅުތަކަށް ކުޅަދާނަ، ތަޖުރިބާކާރު ޝަޚުޞިއްޔަތެއް ކަމަށް މާރިޔާ ވިދާޅުވި އެވެ.
ރައީސް ނަޝީދުގެ އަމިއްލަ އެޖެންޑާއެއް އޮންނަ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ކުރާ ފާޑުކިޔުންތަކަށް ރައްދުދެއްވަމުން، މާރިޔާ ވިދާޅުވީ އެމަނިކުފާނުގެ މަގުސަދުތައް ސާފު ކަމަށާއި މިވަގުތު ޕާޓީ ސަލާމަތްކުރެވޭނީ އެމަނިކުފާނުގެ ލީޑަރޝިޕަށް ކަމަށެވެ. އަދި މި ދަނޑިވަޅުގައި ނަޝީދަށް ތާއީދު ނުކޮށްފިނަމަ، ފަހުން އެކަމާ ހިތާމަކުރަން ޖެހިދާނެ ކަމުގެ އިންޒާރުވެސް އޭނާ ދެއްވި އެވެ.
މާރިޔާގެ ވާހަކަފުޅު ނިންމަވާލެއްވީ، ގައުމަށް ބޮޑު ސިޔާސީ ބަދަލެއް ގެނައުމަށްޓަކައި ރައީސް ނަޝީދުގެ ސިޔާސީ ހިކުމަތްތެރިކަމަށް އިސްކަންދީ، ކުރިއަށް އޮތް އިންތިހާބުގައި އެމަނިކުފާނަށް ވޯޓު ދިނުމަށް އެމްޑީޕީގެ އެންމެހާ މެންބަރުންނަށް އިލްތިމާސް ކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު