ގައުމު މިހާރު އޮތް ހާލަތުން އަރަައިގަނެވޭނީ އެމްޑީޕީގެ ސަފުތައް ބަދަހިވެގެން ކަމަށް ކުރީގެ ފިނޭސް މިނިސްޓަރު އިބްރާހިމް އަމީރު، ވިދާޅުވެއްޖެއެވެ.
އަމީރު މިހެން ވިދާޅުވީ މަގާމުން އިސްތިއުފާ ދެެއްވުމުގެ ކުރިން ކުރިއަށް ހުރި އިންތިހާބުތައް ވެސް އެމްޑީޕީ އަށް ކާމިޔާބު ކުރެވޭނީ ބައިބައިވުންތައް ނައްތާލައިގެން "އެއްވެގެން" ކަމަށް ވިދާޅުވެ އެޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢިލް ދެެއްކެވި ވާހަކަ އެކްސްގައި ހިއްސާކުރަށްވައި ކުރެއްވި ޕޯސްޓެއްގައެވެ. އެމްޑީޕީގެ އިސް ދެ ލީޑަރުން ކަމަށްވާ، ރައީސް ނަޝީދާއި ރައީސް ސާލިޙް އިއްޔެ ބައްދަލުކުރަށްވައި ދެބޭފުޅުން މަޝްވަރާތަކެއް ކުރައްވާފައިވަނިކޮށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު، ވިދާޅުވީ ގައުމާއި ރައްޔިތުންނަށް ހެޔޮގޮތް ހޯދޭނީ އެމްޑީޕީގެ ހުރިހާ ސަފުތަކެއް ބަދަހިވެ، އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކޮށްގެން ކަމަށެވެ. އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްގެ ވިސްނުންތެރި ވާހަކަތަކާ އެއްގޮތަށް، އެމްޑީޕީގެ ހުރިހާ މެމްބަރުން މަސައްކަތްކުރުމުގެ މުހިންމުކަން އަމީރު ވަނީ ފާހަގަކުރަށްވާފައެވެ.
"މިއަދު ގައުމު ވެއްޓިފަ މި އޮތް އަނދަވަޅުން އަރައިގަނެވޭނީ އެމްޑީޕީ ގެ ހުރިހާ ސަފުތަކެއް ނިކަން ބަދަހި ވެގެން." އަމީރު ވިދާޅުވިއެވެ.
މީގެ އިތުރުން، އެމްޑީޕީ އެކަތިގަނޑެއްގެ ގޮތުގައި އެއްކޮށް މަސައްކަތްކުރެވޭނެ މަގު ކޮށައިދިނުމަށް ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ކުރެއްވި މަސައްކަތާއި ވި ގުރުބާނީއަށް ޝުކުރު ހައްގުކަމަށްވެސް ކުރީގެ މިނިސްޓަރު އަމީރު ވިދާޅުވިއެވެ.
2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ޕްރައިމަރީން ރައީސް ނަޝީދު ނާކާމިޔާބުވުމުންނާއި، ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް އޭރުގެ ސަރުކާރުން އެއްބާރުލުން ނުލިބުނު ފަހުން ރައީސް ޞާލިހާއި ނަޝީދުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެ ނަޝީދާއި އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން ޕާޓީން ވަކިވެވަޑައިގެން ޑިމޮކްރެޓްސްގެ ނަމުގައި އަމިއްލަ ޕާޓީއެއް ވަނީ އުފައްދަވާފައެެވެ. އެ ޕާޓީން ވެސް ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވާދަކޮށް ނާކާމިޔާބުވުމުން، ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއިދުނުކުރަން ވަނީ ނިންމާފައެވެ. ޑިމޮކްރެޓްސް އިން ވަކިވި މެމްބަރުން އެމްޑީޕީއާ އަލުން ގުޅުނީ މިދިޔަ ޖޫން މަހުއެވެ. އެފަހުން ރައީސް ނަޝީދު ވެސް ވަނީ އަލުން އެމްޑީޕީ އާއި ގުޅިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު