ހައިކޯޓުގެ ވަކިވަކި ގޮފިތައް އުވާލުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.
ހައިކޯޓުގެ ވަކިވަކި ގޮފިތަކެއް ވަނީ ރާއްޖޭގެ އުތުރާއި ދެކުނުގައި ޤާއިމްކޮށްފައެވެ. ނަމަވެސް އެ ގޮފިތައް އުވާލުމަށް ސަރުކާރުން ވަނީ މިދިޔަ އަހަރު ޤާނޫނަށް އިސްލާޙު ހުށަހަޅާފައެވެ.
އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރެވެ.
ކޮމިޓީން މިއަދު ފާސްކުރި ބިލުގައި ވަނީ ހައިކޯޓު އަދި ހައިކޯޓުގެ އެންމެހާ ޝަރީއަތްތަކުގެ އަޑުއެހުން އާއްމު ގޮތެއްގައި ހިނގަމުންދާނީ އަދި ހައިކޯޓަށް އައްޔަންކުރާ އެންމެހާ ފަނޑިޔާރުން ގާއިމުވެ ތިބޭނީ މާލޭގައި ކަމަށެވެ. އެކަން އެހެން އޮތް ނަމަވެސް ހައިކޯޓުގައި ހިނގަމުންދާ މައްސަލަތަކުގެ އަދަދަށް ބަލައި، ހައިކޯޓުގެ ގަވާއިދުގައި ކަނޑައަޅާ އުސޫލަކުން، މާލެ ފިޔަވައި ރާއްޖޭގެ އެހެން ރަށްރަށުގައި ހައިކޯޓުގެ ޝަރީއަތުގެ އަޑުއެހުންތައް ބޭއްވުމުގެ އިހުތިޔާރު ހައިކޯޓަށް ލިބިގެންވާ ކަމަށްވެސް ބުނެފައިވެއެވެ.
ނަމަވެސް މި ގާނޫނަށް އަމަލު ކުރަން ފެށުމާއެކު ގާނޫނުގެ 35 ވަނަ މާއްދާގެ (ށ) ގެ ދަށުން ރާއްޖޭގެ އުތުރާއި ދެކުނުގައި ގާއިމުކޮށްފައިވާ ހައި ކޯޓުގެ ދެ ގޮފި އުވުނީކަމަށް ބިލުގައި ބުނެފައިވެއެވެ. އަދި ގާނޫނަށް އަމަލު ކުރަން ފަށާއިރު އެ ދެ ގޮތްޕަށް ހުށަހެޅި، އެތަންތަނުގައި ރަޖިސްޓްރީކޮށް، ހިންގަމުން ގޮސްފައިވާ އެންމެހައި މައްސަލަތައް، މާލޭގައި ހިނގަމުންދާ ހައި ކޯޓަށް ބަދަލުވީ ކަމަށާއި، މި ގާނޫނަށް އަމަލު ކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި އެ މައްސަލަތައް ކޯޓުގައި ބަލައި ހިންގޭނެ އިދާރީ އިންތިޒާމުތައް ހައިކޯޓުން ހަމަޖައްސަން ވާނެ ކަމަށްވެސް ބުނެފައިވެއެވެ.
ރާއްޖޭގެ އުތުރާއި ދެކުނުގައި ހައިކޯޓުގެ ގޮފިތައް ގާއިމުކުރަން ޖެހޭ ގޮތަށް ގާނޫނު އިސްލާހު ކުރީ 2014 ވަނަ އަހަރެވެ. އޭގެ ފަހުން ރާއްޖޭގެ ދެ ސަރަހައްދު ކަމަށްވާ ހދ. ކުޅުދުއްފުށީގައި ހައިކޯޓުގެ އުތުރު ގޮފި އަދި އައްޑޫ ސީޓީގައި ހައިކޯޓުގެ ދެކުނު ގޮފި ގާއިމުކުރިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީއިން، ހެއްކާބެހޭ ބިލު ދިރާސާކުރުން pic.twitter.com/Zs3pXCuimJ
— People's Majlis (@mvpeoplesmajlis) June 23, 2022
ނަމަވެސް މި ގާނޫނަށް އަމަލު ކުރަން ފެށުމާއެކު ގާނޫނުގެ 35 ވަނަ މާއްދާގެ (ށ) ގެ ދަށުން ރާއްޖޭގެ އުތުރާއި ދެކުނުގައި ގާއިމުކޮށްފައިވާ ހައި ކޯޓުގެ ދެ ގޮފި އުވުނީކަމަށް ބިލުގައި ބުނެފައިވެއެވެ. އަދި ގާނޫނަށް އަމަލު ކުރަން ފަށާއިރު އެ ދެ ގޮތްޕަށް ހުށަހެޅި، އެތަންތަނުގައި ރަޖިސްޓްރީކޮށް، ހިންގަމުން ގޮސްފައިވާ އެންމެހައި މައްސަލަތައް، މާލޭގައި ހިނގަމުންދާ ހައި ކޯޓަށް ބަދަލުވީ ކަމަށާއި، މި ގާނޫނަށް އަމަލު ކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި އެ މައްސަލަތައް ކޯޓުގައި ބަލައި ހިންގޭނެ އިދާރީ އިންތިޒާމުތައް ހައިކޯޓުން ހަމަޖައްސަން ވާނެ ކަމަށްވެސް ބުނެފައިވެއެވެ.
ރާއްޖޭގެ އުތުރާއި ދެކުނުގައި ހައިކޯޓުގެ ގޮފިތައް ގާއިމުކުރަން ޖެހޭ ގޮތަށް ގާނޫނު އިސްލާހު ކުރީ 2014 ވަނަ އަހަރެވެ. އޭގެ ފަހުން ރާއްޖޭގެ ދެ ސަރަހައްދު ކަމަށްވާ ހދ. ކުޅުދުއްފުށީގައި ހައިކޯޓުގެ އުތުރު ގޮފި އަދި އައްޑޫ ސީޓީގައި ހައިކޯޓުގެ ދެކުނު ގޮފި ގާއިމުކުރިއެވެ.
ކިޔުންތެރިންގެ ހިޔާލު