ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތަށް ހުރަސްއަޅައި ހަމަނުޖެހުން ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ބަންދަށް މުއްދަތު އިތުރުކޮށްފިއެވެ.
މި މައްސަލާގައި ބަންދުގައި ބެއިތިއްބުމަށް މުއްދަތު ޖެހި މީހުންގެ ތެރޭގައި ޝެއިހު އާދަމް ނިޝާނާއި ޝެއިހް ފަޒްލޫން މުޙައްމަދުގެ އިތުރުން ކުރީގެ މަޖިލިސް މެންބަރު އަދި ޕީޕީއެމްގެ ހަރަކާތު ކޮމިޓީ ޗެއަރ މުޙައްމަދު އިސްމާޢީލާއި ޕީޕީއެމްގެ އެކްޓިވިސްޓް މުޙައްމަދު ރައްޒާން ހިމެނެއެވެ.
މި މީހުންނަކީ އެ ދުވަހުގެ ހަމަނުޖެހުމާއި ގުޅިގެން ރޭ ހައްޔަރުކުރި މީހުންނެވެ. މިމައްސަލައާއި ގުޅިގެން އިއްޔެ ދެން ހައްޔަރު ކޮށްފައިވަނީ ގއ. މާމެންދޫ / އަސްރަފީވިލާ، އަޙްމަދު ނަސޫޙް އާއި ތ. ތިމަރަފުށި،/ ނަރުގިސްވިލާ، ޢަބްދުﷲ ރިފާޢުއެވެ.
މި މީހުންގެ ތެރެއިން ދެ ޝެއިޚުންނަށް ޖަހާފައިވަނީ 7 ދުވަހުގެ މުއްދަތެކެވެ. އަދި މުޙައްމަދު އިސްމާޢީލާއި އިބްރާހިމް ރައްޒާނަށް 5 ދުވަހުގެ މުއްދަތެއް ޖެހިއިރު، ނަސޫހާއި ރިފާފު 60 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުދީފައިވާކަމަށް ފުލުހުންވަނީ ބުނެފައެވެ.
މި މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތް ކުރިއަށް ދަނިކޮށް ގިނަ އަދަދެއްގެ ބަޔަކު ވަނީ އެތަނަށް ވަދެ، އެތަނުގައި ތިބި މީހުން ފައްސާލާފައެވެ. އަދި ތަނުގައި ހުރި ބައެއް ތަކެއްޗަށް ވެސް ވަނީ ގެއްލުންދީ ހަމަނުޖެހުން އުފައްދާފައެވެ. މިކަން ސަރުކާރުން މިހާރު ދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު