ރާއްޖޭގެ އެންމެ ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ލޯބި ހޯދާފައިވާ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބް އަލުން ދަނޑަށް ނުކުންނައިރު ރާއްޖޭން ބޭރުގެ 4 ކުޅުންތެރިން އެޓީމަށް ގެންނަން ހަމަޖެހިފައިވާކަމަށް އެ ކުލަބުން ބުނެފިއެވެ.
"ރަސް އޮންލައިން" އަށް މައުލޫމާތު ދެއްވަމުން ނިއުގެ އާ ހިންގާ ކޮމެޓީގެ ޗެއަރމަން އަހުމަދު ވާސިފް ވިދާޅުވީ، ނިއުގެ ޕްރެކްޓިސްތައް ނުރަސްމީކޮށް މިހާރުވެސް ފެށިގެން ކުރިއަށް ދާކަމަށާއި، އަދި ރާއްޖޭން ބޭރުގެ 4 ކުޅުންތެރިއަކު ވެސް މި ފެށޭ ހަފްތާގައި ޓީމާ ގުޅޭނެކަމަށެވެ. އޭނާ ވިދާޅުވީ، ނިއު އާއި އަލަށް ގުޅޭނީ، ގާނާގެ އެޓޭކިން މިޑްފީލްޑަރަކާ، ގާނާގެ ޑިފެންޑަރަކާ، އުޒްބަކިސްތާނުގެ ޑިފެންސިވް މިޑްފީލްޑަރަކާ އަދި މިސްރުގެ ފޯވާޑެއް ކަމަށެވެ. އޭގެ ތެރެއިން ގާނާގެ ދެ ކުޅުންތެރިންނާ އުޒްބަކިސްތާނުގެ ކުޅުންތެރިއާ މި ހަފްތާގެ ހޮނިހިރުގައި ރާއްޖެ އަންނާނެ ކަމަށާއި އާދިއްތަ ދުވަހު ޓީމްގެ ޕްރެކްޓިސްތަކުގައި ބައިވެރި ވާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ވާސިފް ވިދާޅުވީ، އެ ކުލަބުން ފީފާއަށް ދައްކަން ޖެހިފައިއޮތް 3.3 މިލިއަން ރުފިޔާ މިހާރުވަނީ ފީފާއަށް ދައްކާފައި ކަމަށެވެ. އަދި އެއާއިއެކު ކުލަބު އަނެއްކާވެސް ފުޓްބޯޅައިގައި ކުރިއަށް ދިޔުމުގެ މަގު އެއްކޮށް ހުޅުވިގެން ދާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ފީފާއަށް ދައްކަން ޖެހޭ ފައިސާ ދެއްކުމާއިއެކު، ކުރިން ފައިސާ ނުދެވި ހުރި ބޭރުގެ ކުޅުންތެރިންނަށް ފީފާ މެދުވެރިކޮށް ފައިސާ ޖަމާ ކުރެވެމުން ދާކަމަށާއި އޭގެ ތެރެއިން ބައެއް ކުޅުންތެރިންނަށް މިހާރުވެސް ފައިސާ ޖަމާވެފައިވާކަމަށް އަންގާފައިވާކަމަށެވެ. އަދި ކުރިން މުސާރަ ނުދެވިވާ ރާއްޖޭގެ 10 ކުޅުންތެރިންގެ ތެރެއިން 8 ކުޅުންތެރިންނާއެކު މިހާރުވަނީ ސެޓްލްމެންޓް އެގްރީމެންޓްތަކެއް ހެދިފައިކަމަށާއި، އަދި ދެން ތިބި ދެ ފަރާތާއިއެކު ވެސް އެފަދަ އެއްބަސްވުމަކަށް އައުމަށް މަސައްކަތް ކުރަމުން ދާކަމަށް އޭނާ ވިދާޅުވިއެވެ.
"ކުލަބް ރަޖިސްޓްރޭޝަން ސިސްޓަމްގައި ރަޖިސްޓްރީ ވުމުގެ މަސައްކަތުގެ ބޮޑުބައެއް މިހާރު ވަނީ ނިމި ހުށަހަޅަން ތައްޔާރުވެފައި. ފީފާއަށް ދައްކަންޖެހޭ ފައިސާވެސް ދައްކާ ނިމުމުން، ފައިސާ ނުދެވިވާ ފަރާތްތަކަށް ފައިސާ ދިނުން ފީފާ މެދުވެރިވެގެން ކުރިއަށް އެބަދޭ. އެފަރާތްތަކަށް ފައިސާ ޖަމާވަމުންދާކަން އަންގަމުން އެބަދޭ. އެކަންކަން ނިމުމުން އިރާދަކުރެއްވިއްޔާ ފީފާއިންވެސް ނިއުގެ ސަސްޕެންޝަން ކުރިއަށް އޮތް 3 ދުވަހެއްގެ ތެރޭގައި އުވާލާނެކަމަށް އުންމީދުކުރެވޭ." ވާސިފް ވިދާޅުވިއެވެ.
ދަރަނީގެ މައްސަލަ ތަކެއް ކުރިމަތިވެ އެފްއޭއެމުން ނިއު ސަސްޕެންޑް ކޮށްފައިވަނީ 2019 ވަނަ އަހަރުގެ ކުރީކޮޅެވެ. އޭގެފަހުން ފީފާ އިން ވެސް ވަނީ ރާއްޖޭގެ އެންމެ ވަރުގަދަ އަދި އެންމެ ކާމިޔާބު ކްލަބްތަކުގެ ތެރޭގައި ހިމެނޭ ނިއު ރޭޑިއަންޓް ކުޅިވަރުގެ ހަރަކާތްތަކުން ސަސްޕެންޑްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު