ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ކުލަބު، ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި ދެކޮޅަށް ފީފާއިން އަޅާފައިވާ ހުރިހާ ފިޔަވަޅެއް އުވާލައިފިއެވެ.

ފީފާއާއި ހަވާލާދީ ނިއުރޭޑިއަންޓުގެ އާ ހިންގާ ކޮމެޓީން މައުލޫމާތު ދިން ގޮތުގައި، ނިއުރޭޑިއަންޓުން ދައްކަންޖެހޭ ފައިސާ ދެއްކުމާއެކު ނިއުރޭޑިއަންޓާއި ދެކޮޅަށް ހުށަހެޅި ހުރިހާ މައްސަލައެއް މިހާރުވަނީ ބަންދުކޮށްފައެވެ. މިހެންވެ މި މައްސަލަތަކާ ގުޅިގެން ނިއުއާއި ދެކޮޅަށް ފީފާއިން ކޮށްފައިވާ ޓްރާންސްފާބޭން މިހާރުވަނީ އުވާލާފައި ކަމަށް އެ ކުލަބުން މައުލޫމާތު ދީފައިވެއެވެ.

އެ ކުލަބުން ކުރިން ހާމަ ކޮށްފައިވާ ގޮތުގައި، ބޭރު ގައުމުތަކުގެ ކުޅުންތެރިންނަށް ދައްކަންޖެހިފައި އޮތް 3.3 މިލިއަން ރުފިޔާ މިހާރުވަނީ އެކުލަބުން ފީފާއަށް ދައްކާފައެވެ. މިއާއިއެކު ކުޅިވަރުގެ ވާދަވެރިން ނިއުއަށް ކުރިމަތިކުރި ދަތިތައް ކަޑައްތުކޮށް ނިއު މިވަނީ ހިންދެމިލާފައެވެ.

މީގެ އިތުރުން، "ރަސް އޮންލައިން" އަށް މައުލޫމާތު ދެއްވަމުން ނިއުގެ އާ ހިންގާ ކޮމެޓީގެ ޗެއަރމަން އަހުމަދު ވާސިފް ވިދާޅުވީ، ނިއުގެ ޕްރެކްޓިސްތައް ނުރަސްމީކޮށް މިހާރުވެސް ފެށިގެން ކުރިއަށް ދާކަމަށާއި، އަދި ރާއްޖޭން ބޭރުގެ 4 ކުޅުންތެރިއަކު ވެސް މި ފެށޭ ހަފްތާގައި ޓީމާ ގުޅޭނެކަމަށެވެ. އޭނާ ވިދާޅުވީ، ނިއު އާއި އަލަށް ގުޅޭނީ، ގާނާގެ އެޓޭކިން މިޑްފީލްޑަރަކާ، ގާނާގެ ޑިފެންޑަރަކާ، އުޒްބަކިސްތާނުގެ ޑިފެންސިވް މިޑްފީލްޑަރަކާ އަދި މިސްރުގެ ފޯވާޑެއް ކަމަށެވެ. އޭގެ ތެރެއިން ގާނާގެ ދެ ކުޅުންތެރިންނާ އުޒްބަކިސްތާނުގެ ކުޅުންތެރިއާ މި ހަފްތާގެ ހޮނިހިރުގައި ރާއްޖެ އަންނާނެ ކަމަށާއި އާދިއްތަ ދުވަހު ޓީމްގެ ޕްރެކްޓިސްތަކުގައި އެކުޅުންތެރިން ބައިވެރި ވާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ދަރަނީގެ މައްސަލަ ތަކެއް ކުރިމަތިވެ އެފްއޭއެމުން ނިއު ސަސްޕެންޑް ކޮށްފައިވަނީ 2019 ވަނަ އަހަރުގެ ކުރީކޮޅެވެ. އޭގެފަހުން ފީފާ އިން ވެސް ވަނީ ރާއްޖޭގެ އެންމެ ވަރުގަދަ އަދި އެންމެ ކާމިޔާބު ކްލަބްތަކުގެ ތެރޭގައި ހިމެނޭ ނިއު ރޭޑިއަންޓް ކުޅިވަރުގެ ހަރަކާތްތަކުން ސަސްޕެންޑްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު


5

ސްޓަރ

25-Jun-2022

الحمدﷲ މިއުރޭޑިއަންޓށް ކާމިޔާބު ދުވަސްތަކެއްމިންވަރުކުރައްވާށި.އާމީން.


1

ލޮލް ލޮލް

25-Jun-2022

އެއޮތްބޮޑުލާރިގަޑު ދައްކާޚަލާސްކޮއްލީ އެރޮގާލިފަތިބޯޑުން ނޫނޭ ތީތާރީޚުގާ ލިއަވޭނެވާހަކައް ތީހަމަ ގަދަރޮގާލި ފައްޗެއް ސާބަހޭ ތިއަރޮގާލި ފައްޗައް



ޓްރެންޑިން