ޕާކިސްތާނުގައި ކަރުދާސް ހުސްވެ، ދިރާސީ އާ އަހަރު ފެށޭއިރު ދަރިވަރުންނަށް ބޭނުންވާނޭ ފޮތް ނުލިބިދާނެ ކަމުގެ އިންޒާރު ޕާކިސްތާނުގެ ކަރުދާހާ ބެހޭ އެސޯސިއޭޝަނުން، ދީފިއެވެ.

އެއެސޯސިއޭޝަނުން ހާމަކޮށްފައިވާ ގޮތުގައި، ޕާކިސްތާނު ކަރުދާހަށް ޖެހެން މެދުވެރިވީ އެގައުމުގައި އުފައްދާ ކަރުދާހުގެ އަގުތައް މައްޗަށް ދިއުމާއިއެކުއެވެ. އަދި މިއަގުތައް ކޮންޓްރޯލްކުރުމަށް ޕާކިސްތާނު ސަރުކާރުން ފެއިލްވެފައިވާކަމަށްވެސް ތުހުމަތުކުރެއެވެ.

އަދި ކަރުދާހުގެ އަގުތައް ދަށްނުވެއްޖެ ކަމުގައިވާނަމަ ދިރާސީ އާ އަހަރު ފެށޭއިރު ދަރިވަރުންނަށް ބޭނުންވާނޭ ފޮތް ނުލިބިދާނެ ކަމަށް، ޕާކިސްތާން މާޗަންޓް އެސޯސިއޭޝަން އަދި ޕާކިސްތާން އެސޯސިއޭޝަން އޮފް ޕްރިންޓިންގ ގްރެފިކް އާޓް އިންޑަސްޓްރީ އަދި ޕާކިސްތާނުގެ ކަރުދާހާ ބެހޭ އެހެނިހެން ވުޒާރާތަކުންވެސް ވަނީ ހާމަކޮށްފައެވެ.

ޕާކިސްތާނަށް ބޭރުން އެތެރެކުރާ ކަރުދާހަށްވުރެ ޕާކިސްތާނުގައި ތައްޔާރު ކުރާ ކަރުދާހުގެ ކޮލިޓީ ރަނގަޅުވުމާއިއެކު ޕާކިސްތާނުގައި ތައްޔާރު ކުރާ ކަރުދާހަށް އޮންނަ ޑިމާންޑުވެސް ވަނީ ބޮޑުވެފައެވެ. އަދި ބޭރުން އެތެރެކުރާ ކަރުދާހުން ނަގާ ޓެކްސް މައްޗަށް ދިއުމާއިއެކުވެސް ދަރިވަރުންނަށް ބޭނުންވާ ފޮތް ޗާޕުކުރަންވެސް ބޭނުން ކުރަނީ ޕާކިސްތާނުގައި އުފައްދާ ކަރުދާހެވެ.

ނަމަވެސް ޕާކިސްތާނުގައި ތައްޔާރު ކުރާ ކަރުދާހުގެ އަގު ކޮންޓްރޯލް ނުކުރެވިވަނިކޮށް 200 އިންސައްތަ އަގުމައްޗަށް ޖެހިލާފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން