ސޯޝަލް މީޑިއާގައި މިއަދު އާންމުވި ވީޑިއޯއާ ގުޅިގެން، އެވީޑިއޯގައި ހިމެނޭ މީހުންނާއި ގުޅޭ މައްސަލަ މިއަދު ތަހުގީގުކުރަން ފަށާފައިވާކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ހާމަކޮށްފިއެވެ.

ސޯޝަލް މީޑިއާގައި މިއަދު ވަނީ ދެފިރިހެނަކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް ލީކުކޮށްލާފައެވެ. ގިނަ ބަޔަކު ބުނަމުންދަނީ އެ ވީޑިއޯއިން ފެންނަނީ ޤާނޫނީ ވަކީލު މުހައްމަދު ނާޒިމާއި ބިދޭސީ މީހެއްކަމަށެވެ. ނަމަވެސް ނާޒިމް ވަނީ އެކަން ދޮގުކުރައްވާފައެވެ.

ފުލުހުން ބުނީ ގިނަ އަދަދެއްގެ މީހުން ހިމެނޭގޮތަށް ބްލެކްމެއިލް ކުރުމުގެ މައްސަލައެއް ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހެޅުމާ ގުޅިގެން އެމައްސަލައިގެ ތަހުގީގު ފުލުހުން ވަނީ މީގެކުރިން ފަށާފައިކަމަށެވެ. އަދި ސޯޝަލް މީޑިއާގައި މިއަދު އާންމުވި ވީޑިއޯއާ ގުޅިގެން އެވީޑިއޯގައި ހިމެނޭ މީހުންނާއި ގުޅޭ މައްސަލަވެސް މިއަދު ތަހުގީގުކުރަން ފަށާފައިވާކަމަށާއި މި މައްސަލައިގެ ތަހުގީގުގެ ތެރެއިން އިތުރަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާކަމަށްވެސް ފުލުހުން ބުންޏެވެ.

މިއަދު އާއްމުވި ވީޑިއޯއާ ގުޅިގެން ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ނުުރުހުން ފާޅުކުރަމުންނެވެ. އަދި އެ ވީޑިއޯތަކުން ފެންނަ މީހުންނާއި މެދު ފިޔަވަޅު އަޅައިދިނުމަށް ދަނީ ގޮވާލަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު