މުޖުތަމައެއްގައި ހަރުކަށި ފިކުރަށް ޖާގަ ދެވިގެން ނުވާނެ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

ބައިނަލް އަޤްވާމީ ޔޯގާ ދުވަހާއި ގުޅިގެން ހިންގި ހަރަކާތްތަކަށް ހުރަސް އަޅާ ހަމަނުޖެހުން ހިންގި މައްސަލައެއްގައި ބަޔަކު ހައްޔަރުކޮށް ފުލުހުން ގެންދަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި އެމައްސަލަ ތަހުގީގް ކުރަމުންނެެވެ.

އެމައްސަލަ އާއި ގުޅިގެން ހައްޔަރު ކުރި މީހުންގެ ތެރޭގައި ބައެއް ދީނީ އިލްމްވެރިން ވެސް ހިމެނެއެވެ. އެކަމާ ގުޅިގެން ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ ހައްދުފަހަނައެޅި ހަރުކަށި ފިކުރަކީ މުޖުތަމައުގައި އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. މިފަދަ އަމަލުތައް ހިންގަނީ، ކުށްކުރާ މީހަކަށް ވިޔަސް، ދީނީ އިލްމުވެރިއެއް ކަމަށްވިޔަސް އަދި ސިޔާސީ މީހެއް ކަމަށްވިޔަސް އިންސާފުގެ ކުރިމައްޗަށް ގެންނަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެެ.



އެމައްސަލައާއި ގުޅިހެން ޝައިޚް ފަޒްލޫނާއި އާދަމް ނިޝާންގެ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ވެސް އިސްލާމިކް މިނިސްޓްރީން ވަނީ ހިފަހައްޓައިފަ އެވެ. އެކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިސްލާމްދީނަށް ނަސްރު ދިނުމުގެ ނަމުގައި ހަރުކަށިކަން އިސްކޮށް އަނިޔާވެރިކަމަށް ގޮވާލައި މީސްތަކުންގެ ހިތުގައި ބިރުވެރިކަން އުފެދޭގޮތަށް ހިންގާ މިފަދަ އަމަލުތަކަކީ އިސްލާމްދީން ދަސްކޮށްދެއްވި ރިވެތި އުސޫލުތަކާއި މިންގަނޑުތަކުން ބޭރުން ހިންގާ އަމަލުތަކެއް ކަމަށެވެ.

ދިވެހިންގެ ހިތްތަކުގައި އިސްލާމްދީނަށް އޮންނަ ލޯބި ސިޔާސީ މަގުސަދެއްގައި ބޭނުންކޮށްގެން ރައްޔިތުންގެ މެދުގައި ނަފްރަތު އުފައްދަމުންދާ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު


11

ތަކަތުވާ

25-Jun-2022

ޙަރުކަށި ފިކުރަށް ޖާގަ ދީގެން ނުވާނެ އެކަމަކު އިސްލާމްދީނަށާ ރަސޫލާއަށް ފުރައްސާރަ ކުރަން ޖާގަ ދެވޭ. ޙިންދީ ދީނުގެ ކަލާނގެ ސިވާ ރަމްޒު ކޮށްދޭ ބުދު ޖަހައިގެން އަށްގުނަވަން މައްްޗަށް އިރަށް ސަޖިދަ ކުރަން ޖާގަދެވޭ މީ މުސްލިމުން ބާއޭ ހިިތަށް އަރާ ވަރުވޭ